އަނިޔާވެރިކަމުގެ ހާސް ނޭވާއަށް ވުރެ، މިނިވަންކަމުގެ އެންމެ ނޭވާއެއްގެ އަގުވެސް މާ ބޮޑު ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާއި ގުޅިގެން ބުރާސްފަތި ދުވަހު ކުރެއްވި އެ ޓްވީޓްގައި ގާސިމް ވިދާޅުވީ ، އަނިޔާވެރި އަޅުވެތިކަމުގައި ތިބެ ލެވޭ ހިޔަ ހާސް ނޭވާއަށް ވުރެ އަނިޔާވެރިކަމުން ސަލާމަތްވެތިބެ ލެވޭ އެންމެ ނޭވާއެއްގެ އަގުވެސް މާބޮޑުކަމަށެވެ.
Alhuvethi kamaa Aniyaa verikamaa bey insaafu ge hiya haas neyvaa ah vure, minivankan libigen Aniyaa verikamun salaamaiy vegen inshaafulibigen biruveri kamun salaamaiyve thibe gen levey enme neyvaa eh ge agu maa bodeve.
— Qasim Ibrahim (@qasimibrahim) July 26, 2018
Qasim Ibrahim
އިންސާފު ލިިބިގެން ބިރުވެރިކަމުން ސަލާމަތްވެގެން ތިބެ ލެވޭ އެންމެ ނޭވާއެއްގެ ވެސް މާ އަގުބޮޑު ކަމަށް ގާސިމް ވިދާޅުވިއިރު، އެމަނިކުފާނު މި ވަގުތު ވެސް ހުންނެވީ ޖަލުހުކުމެއް ކުރައްވާފައެވެ. އަދި ޖަރުމަނު ވިލާތަށް ބޭސްފަރުވާއަކަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ އެގައުމުގެ ހިމާޔަތުގައެވެ.