މިއަހަރުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ކަމަށާއި މިއަދު ވައުދުވާންވީ ޚުދުމުޚުތާރު ރައީސް އަބްދުﷲ ޔާމިންގެ ވަކިތަކުން ދިވެހި ރާއްޖެ ސަލާމަތް ކުރުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ބުރާފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި އަމީން ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ކޮރަޕްޝަނާއި ނާއިންސާފުން މުޅި ގައުމު ހަލާކުކޮށް ހުއްޓުވާފައިވާ ކަަމަށާއި، މިކަމާ ދެކޮޅަށް ދިވެހި ރައްޔިތުން އެއްބައިވެ ދެކޮޅުވެ، ދިވެހީންގެ ގައުމު އަނބުރާ ދިވެހީން ހޯދަން ޖެހޭ ކަމަށެވެ.
Happy Indepedence Day, #Maldives.
— Abdulla Ameen (@ameenex) July 26, 2018
On this day, let's pledge to free our country from the clutches of dictator Yameen who has crippled the country with corruption and injustice. Let's unite, resist and reclaim our country.#IbuFaisal2018
އަމީން ބުރާސްފަތި ދުވަހު މިހެން ވިދާޅުވިއިރު، އަމީން ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ ހިމެނޭ ގޮތުން، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން، އެޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް، ބުރާސްފަތި ދުވަހު ފޯމް ހުށަހަޅުއްވާފައެވެ.
ރައީސް އަބްދުﷲ ޔާމިންގެ ސަަރުކާރަށާއި އަދި ޚުދު އެމަނިކުފާނަށް ވަނީ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތާއި މަގާމުގެ ނާޖާއިޒު ފައިދާ ބޭނުން ކުރުމާއި، ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ނުފުއްދަވާކަމުގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އިސްލާމް ދީން އައްޑަނައަކަށް ބޭނުންކޮށް ބޮޑެތި ޖަރީމާތައް ހިންގަވަން ނިވާފަތްގަނޑަކަށް އިސްލާމް ދީން ބޭނުން ކުރައްވާކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.