މުސްލިމުންގެ ބައިތުލްމާލަކީ ވަކި ބައެއްގެ ވެރިކަން ދިފާއު ކުރަން ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށް ޝެއިހް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި އަނިލް ވިދާޅުވީ މުސްލިމުންގެ ބައިތުލް މާލަކީ ވަކި ބައެއްގެ ވެރިކަން ދިފާއު ކުރަން ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.
އަނިލް ވަނީ އެކަމަށް އިސްލާމީ ޚިލާފަތުގެ ތެރެއިން މިސާލު ދައްކަވާފައެވެ. އަނިލް ވިދާޅުވީ އުމަރު ބިން އަބްދުލް އަޒީޒުގެ ޚިލާފަތުގައި މަސައްކަތް ނިމުމުން އަމިއްލަ ވާހަކަ އެއް ދައްކަން ބޭނުންވި މެހެމާނުންގެ ވާހަކަ ހުއްޓުވުމަށް ފަހު ސަރުކާރު ތެލުން ދިއްލާފައި ހުރި ބައްތި ނިއްވާލެއްވި ކަމަށެވެ.
muslimunge baithulmaalakee vaki baegge verikan dhifaau kuran beynun kureveyne echcheh noon.#UmarBinAbdulAziz rahimahullah sarukaaruge masakkaiy nimumun amilla vaahaka eh dhakkan beynun vi mehumaanuge vaahaka huttuvumah fahu sarukaaru thelun dhillifai huri baththi nivvaalevvi.
— Aneel (@mohamed_aneel) July 26, 2018
އަނިލް މިހެން ވިދާޅުވެފައި މި ވަނީ ރައީސް ޔާމީންއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރުގެ އެންމެހައި ވަސީލަތްތަކާއި ސަރުކާރުގެ މުވައްޒަފުން ބޭނުން ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރ އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއް ރަހީމް ޢަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.