ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 14:16
ކުޑަކުދިންގެ ޗެނަލް ސީބީބީސީ ދިރާގު ޓީވީއަށް
ކުޑަކުދިންގެ ޗެނަލް ސީބީބީސީ ދިރާގު ޓީވީއަށް
ދިރާގު
ދިރާގުޓީވީ
ކުޑަކުދިންގެ ޗެނަލް ސީބީބީސް ދިރާގު ޓީވީއަށް!
މީ އުމުރުން ހަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޗެނަލެއް
ދިރާގުޓީވީގެ އިންޓްރޯ ޕެކޭޖް ނަގާފައިވާ ކަސްޓަމަރުންނަށް މި ޗެނަލް ބޯނަސް ޗެނަލެއްގެ ގޮތުގައި ލިބޭނެ

ބީބީސީގެ ސްޓޫޑިއޯ އެވޯޑް ވިނިން ކުޑަކުދިންގެ ޗެނަލެއް ކަމަށްވާ ސީބީބީސް ދިރާގު ޓީވީއަށް ތައާރަފްކޮށް އެ ޗެނަލް ބެލުމުގެ ފުރުސަތު ދިރާގުން ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

މި ޗެނަލަކީ އުމުރުން ހަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ޗެނަލަކަށްވާއިރު މި ޗެނަލް މެދުވެރިކޮށް ކުޅިވަރާއި ކިޔެވުމުގެ ތެރެއިން އެ އުމުރުގެ ކުދިން ދަސްކުރަން ޖެހޭ ކަންތައްތައް ދަސްކުރުމަށް ފަސޭހަވެގެންދާނެއެވެ.

މި ޗެނަލުން ދައްކާ މަޝްހޫރު ޝޯތައް ކަމަށްވާ ގޯ ޖެޓާސް، ސަރާ އެންޑް ޑަކް، ބީއޭއެފްޓީއޭ ފަދަ މަގްބޫލު ޝޯތައް ފެނިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ބިޒްނަސް ޑިވަލޮޕްމަންޓް ޑައިރެކްޓަރ އަހްމަދު މައުމޫން ވިދާޅުވީ ދިރާގުޓީވީއަށް މިފަދަ މަޝްހޫރު ޗެނަލެއް ތައާރަފު ކުރެވިގެން ދިޔުމަކީ ވަރަށް ބޮޑަށް އުފާކޮށް ފަހުރުވެރިވާ ކަމެއް ކަމަށާއި މި ޗެނަލް ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދިރާގުޓީވީ މެދުވެރިކޮށް ޗެނަލަށް ޓިއުން ކޮށްލެވޭނީ 165 އަކުންނެވެ. އަދި ދިރާގުޓީވީގެ އިންޓްރޯ ޕެކޭޖް ނަގާފައިވާ ކަސްޓަމަރުންނަށް މި ޗެނަލް ބޯނަސް ޗެނަލެއްގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ. އަދި 300 ރުފިޔާ ދައްކާ އިންޓްރޯ ޕެކޭޖުން 90 އަށް ވުރެ ގިނަ ޗެނަލް ބަލާލުމުގެ ފުރުސަތު މިހާރު ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ރާއްޖޭގެ 26 ރަށަކަށް ދިރާގުޓިވީގެ ހިދުމަތް މިހާރު ވެސް ދަނީ ފޯރުކޮށްދެމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް