އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
އިބޫގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައި ވަނީ އެކަމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން އިންތިޒާމު ކުރި ޚާއްސަ ރަސްމިއްޔާތަކާއިއެކުއެވެ.
އެގޮތުން އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އިބޫ އާއި ފައިސަލް އަދި އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ އެހެން ލީޑަރުން ވެސް ވަޑައިގަންނަވާފައި ވަނީ ހިންގަވައިފަ އެވެ.
އިދިކޮޅު މައި ޕާޓީގެ އޮފީސް ދޮރުމަތިން ފެށި ރަސްމިއްޔާތުގައި އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ އިސްބޭފުޅުން ތިއްބެވީ އެ ޕާޓީތަކުގެ ކުލަތައް ރަމްޒްކޮށްދޭ ދިދަތައް ހިއްޕަވައިގެންނެވެ.
އޭގެ ތެރޭގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނު ތަމްސީލު ކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުގެ ކެންޑިޑެންސީ ފޯމު ހުށަހަޅަން ވަޑައިގެންނެވިއިރު، ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ޘަޤާފަތް ރަމްޒުކޮށްދޭ ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ފެނިގެން ގޮސްފައިވެއެވެ. އަދި މި ހަރަކާތަށް ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކޮށްލެއެވެ.
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންގމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވަޑައިގަތުމުން އެ ދެބޭފުޅުންނަށް މަރުޚަބާ ދެންނެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ.
އިބޫގެ ކެންޑިޑެސީ ފޯމާއި ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ. ޝަރީފާއެކު އިލެކްޝަންސް ކޮމިޝަނުގެ އެހެން މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.