ކ. މާލެ
|
25 ޖުލައި 2018 | ބުދަ 12:21
ލުބްނާންގެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރަމުންދިޔަ އިސްމާއިލް
ލުބްނާންގެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރަމުންދިޔަ އިސްމާއިލް
ސަޕްލައިޑް
ލީބިއާގެ އެސްކޯބާ
ހައްޔަރު ކުރަން އެތައް ހާސް އަމުރެއް ނެރެފައިވާ ލީބިޔާގެ ރައްޔިތެއް މަރާލައިފި
ހަމަލާ ބަދަލު ކުރީ ސީރިއާ ބޯޑަރު ކައިރިން
ހާހުން އަމުރު ނެރުނު މީހާގެ ވަނަމަކީ އެސްކޮބާ

އެކިއެކި މައްސަލަތަކުގައި ހައްޔަރުކުރުމަށް ގާތްގަނޑަކަށް ތިން ހާހެއް ހާ ކޯޓު އަމުރު ނެރެފައިވާ ލުބުނާންގެ ރައްޔިތަކު މަރާލައިފިއެވެ.

 ހައްޔަރު ކުރަން ބޭނުންވެ އެކި ފަހަރުގެ މަތިން ކޯޓު އަމުރު ނެރިފައިވާ އަލީ ޒާއިދު އިސްމާޢީލް މަރާލާފައި ވަނީ ލުބްނާނާއި ސީރިއާ ގުޅޭ ސަރަހައްދީ ރޮނގުކައިރިންނެވެ. އަދި އެކަން ލުބްނާނުގެ ސިފައިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ލުބްނާނުގެ ކަމާއިި ބެހޭ ފަރާތްތަކާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ޒާއިދު އިސްމާއީލަކީ މަސްތުވާތަކެތީގެ ފިޔަފާރިއާ އެނޫންވެސް ބޮޑެތި ކުށްތައް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ބޮޑެކެވެ. އަދި އޭނާ މަޝްހޫރުވެފައި ވަނީ "އެސްކޮބާ" ގެ ނަމުންނެވެ.

އެސްކޮބާ އަކީ 1975 ން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް، މަސްތުވާތަކެތީގެ ވިޔަފާރީގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި މީހާއެވެ. ކޮކެއިންގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވި، ކޮލަމްބިއާއަށް އުފަން އެސްކޮބާއަކީ ވެސް އޭނާ ހައްޔަރު ކުރުމަށް ކޮލަމްބިއާ އަދި އެމެރިކާ އާ އެނޫން ވެސް ޤައުމުތަކުން ނެރުނު އަމުރުތަކަށް "ރެކިގެން" އަމިއްލައަށް އޭނާގެ ސަލާމަތީ ކަންތައް ކަށަވަރު ކޮށްގެން އުޅުނު މީހެކެވެ. 

ޒައިދުގެ ވަނަމަކަށް އެސްކޮބާއޭ ކިޔުނީ ވެސް އޭނާ ހައްޔަރުކުރުމަށް ނެރުނު 2،941 އަމުރުތަކަށް ފިލައިގެން އުޅުމުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން ލުބުނާނުގެ ސިފައިންނާއި ޒައިދުގެ ހަށިފާރަވެރިންނާއި ދެމެދު ބަދަލު ކުރެވުނު ބަޑީގެ ޙަމަލާތަކުގައި ޒައިދުގެ އިތުރުން ހަތް މީހަކު މަރުވެފައިވެއެވެ. ޒައިދުގެ ހަށިފާރަވެރިންނާއި ސިފައިން ކުރިމަތި ލާންޖެހުނީ މަޖުބޫރުވެގެން ކަމަށް ލުބުނާނުގެ ސިފައިން ވަނީ ބުނެފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޒައިދުގެ ހަށިފާރަވެރިން އިސްވެ ހަމަލާ ދިނުމެވެ.

އެ ކުރިމަތިލުން ހިނގައިފައި ވަނީ ސީރިއާގެ ބޯޑަރު ކައިރީގައި އޮންނަ ބްރިޓަލް އަވަށުގައެވެ.

ސިފައިން ހިންގި އެ އޮޕަރޭޝަންގައި 41 މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އެތަނުން މަސްތުވާތަކެއްޗާއި ހަތިޔާރުފަދަ ތަކެތިވެސް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ޒައިދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށްތަކު ތެރޭގައި މަސްތުވާތަކެއްޗާއި ހަތިޔާރު ވިއްކުމާއި، ހަތިޔާރު އަޅައިގެން ވައްކަން ކުރުމާއި، ވަގު ލިޔެކިޔުންތައް ތައްޔާރުކުރުމުގެ އިތުރުން އާންމުންގެ ގަޔަށް ބަޑިޖެހުންފަދަ ޖަރީމާތައް ހިމެނެއެވެ.

ޒައިދު މަރުވެފައި ވަނީވެސް އޭނާއާއި ވަނަމުން މުޚާތަބުކުރާ އެސްކޮބާއާ ދާދި އެއްގޮތަކަށެވެ. ދުނިޔޭގެ މަސްތުވާތަކެތީގެ ވިޔަފާރީގައި އެންމެ ކުރީގައި އުޅުނު އެސްކޮބާ ވެސް މަރުވީ އޭނާގެ ގައުމުގެ އަސްކަރީބާރުތަކާއި ދެމެދު ހިނގި ކުރިމަތި ލުމުގައި ވަޒަންތަކެއް ގަޔަށް އަރައިގެނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް