ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 18:21
އަޑުއިވުމުން މަހްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސްޓާބަކްސް އިން އެމެރިކާގައި އައުޓްލެޓެއް ހުޅުވަނީ
އަޑުއިވުމުން މަހްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސްޓާބަކްސް އިން އެމެރިކާގައި އައުޓްލެޓެއް ހުޅުވަނީ
ގޫގުލް
ސްޓާބަކްސް އައުޓްލެޓް
އަޑުއިވުމުން މަހްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސްޓާބަކްސް އިން އެމެރިކާގައި އައުޓްލެޓެއް ހުޅުވަނީ
އެމެރިކަން ސައިން ލެންގުއޭޖްގައި ބޭނުންކުރުމުގައި ތަޖުރިބާ ލިބިފައިވާ 20 މުވައްޒަފުން އެ އައުޓްލެޓަށް ވަޒީފާއަށް ނަގާނެ
އައުޓްލެޓްގެ ސަބަބުން އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ
އެ ކުންފުނިން އެމެރިކާގައި އައުޓްލެޓް ހުޅުވާނެ ދުވަހެއް ނުބުނޭ

އަޑުއިވުމުން މަހްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސްޓާބަކްސުން އެމެރިކާގައި އައުޓްލެޓެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

އެ އައުޓްލެޓް ހުޅުވިގެން ދިޔުމާއެކު ސްޓާފުންނަށް ކަސްޓަމަރުންނާ "ސައިން ލެންގުއޭޖް" ބޭނުންކޮށްގެން މުހާތަބު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކަން ސައިން ލެންގުއޭޖްގައި ބޭނުންކުރުމުގައި ތަޖުރިބާ ލިބިފައިވާ 20 މުވައްޒަފުން އެ އައުޓްލެޓަށް ވަޒީފާއަށް ނަގާނެ ކަމަށް ވެސް ސްޓާބަކްސް އިން ބުންޏެވެ. އަދި މި އައުޓްލެޓްގެ ސަބަބުން އަޑުއިވުމުން މަހްރޫމްވެފައިވާ މީހުންނަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ސްޓާބަކްސް އިން ދެކެއެވެ.

މިހާރުވެސް އަޑުއިވުމުން މަހްރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެން މެލޭޝިއާގެ ކުއަލަލަންޕޫރުގައި ސްޓާބަކްސްގެ އައުޓްލެޓެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.

އެމެރިކާގައި މި ކަހަލަ އައުޓްލެޓެއް ހުޅުވާނެކަން އެ ކުންފުނިން އިއުލާން ކުރުމުން އާންމުންގެ ފަރާތުން ވަނީ އެ ކުންފުންޏަށް ތައުރީފުކޮށް މަރުހަބާ ކިޔާފައެވެ.

ސްޓާބަކްސް އިން ވަނީ އެ ކުންފުނީގެ 28,000 އައުޓްލެޓްގައި ޕްރާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލާނެ ކަމަށް ވެސް މީގެ ކުރިން ބުނެފައެވެ.

އެ ކުންފުނިން އެމެރިކާގައި އައުޓްލެޓް ހުޅުވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް