ކ. މާލެ
|
25 ޖުލައި 2018 | ބުދަ 08:41
ދިރާގު ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް އަދި ފޯކަައިދޫ ކުޅުނު މެޗުގެ ތެރެއިން
ދިރާގު ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް އަދި ފޯކަައިދޫ ކުޅުނު މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ދިރާގު ދިވެހި ޕްރިމިއަރ ލީގު
ދަނޑުގެ ވިނަގަނޑަށް ގެއްލުންވުމުން މެޗުތައް ލަސްކޮށްފި
މި މަހުގެ ތިން ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ވަނީ ފަސްކޮށްފައި
މެޗުތައް ދެން ފަށާނީ ސެޕްޓެމްބަރު 26ގައި
ވިނަގަނޑަށް ގެއްލުއްވުމުން މީގެ ކުރިން ވެސް މެޗުތައް މެދުކަނޑާލި

މިނިވަން ދުވަހާ ދިމާކޮށް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކަށް ފަރިތަކުރަމުން ދަނިކޮށް ދަނޑުގެ ވިނަގަނޑަށް ލިބުނު ގެއްލުންތަކެއްގެ ސަބަބުން ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ފަސްކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ. 

އެފްއޭއެެމްއިން ނެރުނު ބަޔާނެއްގައި ވަނީ މި މަހުގެ 29، 30 އަދި 31 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި އޮތް މެޗުތައް ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަން ނިންމީ ޖުލައި 26 ވަނަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބާއްވާ ހަރަކާތްތަކަށް ފަރިތަ ކުރުންތަކުގައި ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުން ލިބިފައިވާތީ ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ. މި ބަދަލާއެކު ޕްރިމިއަރ ލީގުގެ މެޗުތަކުގެ ކުޅުން ދެން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

މީގެ ކުރިން އެފްއޭއެމްއިން ނިންމާފައި އޮތީ ސެޕްޓެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހު ލީގުގެ މެޗުތަކުގެ ކުޅުން ފެށުމަށެވެ. ސާފް ޗެމްޕިއަންޝިޕްގެ ކުޅުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރަކުން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ ގަލޮޅު ދަނޑުގެ ވިނަގަނޑަށް ގެއްލުން ވެގެން ދިވެހި ފުޓްބޯޅަ ސީޒަނުގެ މެޗުތަކަށް ބަދަލު ގެނެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2015 ވަނަ އަހަރު "މިނިވަން 50" ފާހަގަކުރުމުގެ ގޮތުން މެޓް އަޅައިގެން ދަނޑުގައި ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމުގެ ސަބަބުން ދަނޑުގެ ވިނަގަނޑު އެއްކޮށް މަރުވެ އެކިވަރުގެ ގެއްލުންތަކެއް ލިބުނެވެ. މިކަމުގެ ސަބަބުން އެފްއޭއެމް އަދި ކްލަބްތަކަށް ވެސް މާލީ ގޮތުން ބޮޑު ގެއްލުންތަކެއް ލިބުނެވެ. ހަމައެހެންމެ 2016 ވަނަ އަހަރު ވެސް މެޓް އަޅައިގެން ދަނޑުގައި ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމުގެ ސަބަބުން ވެސް ފުޓްބޯޅަ ސީޒަނަށް ބަދަލުތަކެއް ގެނެވުނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް