ކ. މާލެ
|
23 ޖެނުއަރީ 2017 | ހޯމަ 16:32
ޗެލްސީ އަށް ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ކޯސްޓާ އުފާ ފާޅުކުރަނީ
ޗެލްސީ އަށް ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ކޯސްޓާ އުފާ ފާޅުކުރަނީ
ގޫގުލް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ހަލް ސިޓީއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން
ޗެލްސީ އޮތީ ކުޅުނު 22 މެޗުން ލިބުނު 55 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ

ޕްރިމިއާ ލީގުގައި ޑިއެގޯ ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ ޕޮއިންޓް ތާވަލުގައި ލީޑު ފުޅާކޮށްފި އެވެ.

 

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ހަލް ސިޓީއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

 

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖަހަން ގިނަ ފުރުސަތުތައް ވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

 

ޖުމްލަ ނުވަ މިނެޓު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އިރު، ޗެލްސީން ވަނީ އިތުރު ވަގުތުގެ ތެރޭގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަނިޔާ އިން ސަލާމަތްވެ ޓީމާ ގުޅުނު ޑިއެގޯ ކޯސްޓާއެވެ.

 

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ހަލް ސިޓީގެ މައްޗަށް ޗެލްސީ ކުރީގައި އޮވެގެންނެވެ.

 

ދެވަނަ ހާފް ފެށިގެން ވެސް ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ އިރު، އެޓީމަށް ވަނީ ލަނޑު ޖެހުމަށް ވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

 

މެޗުގެ ލީޑު ޗެލްސީން ފުޅާކުރީ 81 ވަނަ މިނެޓުގައެވެ. ސެސް ފެބްރިގާސްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކުރީ ގެރީ ކޭހިލް އެވެ.

 

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 22 މެޗުން ލިބުނު 55 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ހަލް ސިޓީ އޮތީ ކުޅުނު 22 މެޗުން ލިބުނު 16 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގަ އެވެ.

 

- ކޮމެންޓް