ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 15:43
ޕެޑުން ޓެކްސް ނެގުމާއި ދެކޮޅަށް އިންޑިއާގައި ކުރި މުޒާހަރާގެ ތެރެއިން
ޕެޑުން ޓެކްސް ނެގުމާއި ދެކޮޅަށް އިންޑިއާގައި ކުރި މުޒާހަރާގެ ތެރެއިން
ބީބީސީ
އިންޑިއާ
އިންޑިއާގައި ޕެޑުން ޓެކްސް ނެގުން ހުއްޓާލައިފި
އިންޑިއާއިން ޓެކްސް ނަގަމުން އައީ 12 ޕަސެންޓަށް

އަވައްޓެރި އިންޑިއާގައި ޕެޑުން ޓެކްސް ނެގުން ހުއްޓާލައިފިއެވެ.

މީގެ ކުރިން އިންޑިއާއިން ޕެޑުން ޓެކްސް ނަގަމުން އައީ 12 ޕަސެންޓަށެވެ. ޕެޑުން ޓެކްސް ނެގުން ހުއްޓާލީ ދުވަސްކޮޅެއް ކުރިން ޓެކްސް ނެގުމާ ދެކޮޅަށް ހިންގި ބޮޑު ކެންޕޭނުގެ ސަބަބުންނެވެ.

އެ ކެންޕެއިނުގައި ބައިވެރިވި އަންހެނުން ބުނެފައިވަނީ އިންޑިއާގެ އަންހެން ވެރިންނަށް ޕެޑު އަގު ބޮޑުކަމުން ބޭނުންކުރެވޭވަރު ނުވާކަމަށާއި ޕެޑު އަގުބޮޑުކަމުން ފޮތި ބޭނުންކުރަން ޖެހުމުން ސިއްހީ އެކި މައްސަލަތައް ދިމާވާކަމަށެވެ. ޕެޑުން ޓެކްސް ނެގުމުގެ ސަބަބުން ކޮންމެ 5 އަންހެނުންގެ ތެރެއިން ހަތަރު އަންހެނުންނަށް ބޭނުން ނުކުރެވޭ ކަމަށްވެސް އެ ކެންޕެއިނުގައި ވަނީ ބުނެފައެވެ. އަދި ޓެކްސް ނެގުމަކީ އަންހެން ކުދިންގެ ކިޔެވުމާއި ވަޒީފާއަށް ދިއުމަށް ބޮޑު ހުރަހެއްކަމަށް ބުނެ 400،000 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ކަމާބެހޭ ފަރާތަށް ވަނީ ހުށައަޅާފައެވެ.

މައްސަރު ކަންތަކަށް ހޭލުންތެރި ކުރުވާ ޗެރިޓީގެ ފައުންޑަރ ސަރބީ ސިންގް ވިދާޅުވީ ޕެޑުން ޓެކްސް ނެގުން ހުއްޓުމަކީ އަންހެނުންގެ ސިއްހަތައް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއީ އަންހެނުންގެ ދުޅަހެޔޮކަމަށް ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގައި ޕެޑުން ޓެކްސް ނެގުން ހުއްޓާލާފައި މިވަނީ ޓެކްސް ނަގާތާ އަހަރެއްހާ ދުވަސްފަހުންނެވެ.

ޕެޑާއި މެދު ހޭލުންތެރި ކުރުވުމަށާއި އެކަމުގެ މުހިއްމު ކަމަކާއި ގުޅުވައިގެން ބޮލީވުޑްގެ ތަރި އަކްޝޭކުމާރު ވަނީ ޕެޑްމޭންގެ ނަމުގައި ފިލްމެއްވެސް އުފައްދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް