ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 15:36
ބުޝް އާއި ޑރ. މާކް -- ބުޝް ވަނީ މާކްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި
ބުޝް އާއި ޑރ. މާކް -- ބުޝް ވަނީ މާކްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި
ދި ގާޑިއަން
ޑރ. މާކް ހޮސްޓަން
ބުޝްގެ ޑޮކްޓަރަށް ބަޑިން ހަމަލާދީ މަރާލައިފި
ޑރ. މާކް މަރާލާފައިވަނީ ހުކުރު ދުވަހު
ޑރ. މާކް އަކީ 2000 ވަނަ އަހަރު ޖޯޖް އެޗް ބުޝްއަށް ފަރުވާދިން ޑޮކްޓަރ

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްއަށް ފަރުވާދެއްވި ހިތުގެ ޑޮކްޓަރެއްކަމަށްވާ ޑރ. މާކް ހޮސްޓަންއަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.

ޑރ. މާކްއަށް ހަމަލާ ދީފައިވަނީ އޭނާ މަސައްކަތް ކުރާ ހޮސްޓަން މެޑިކަލް ކޮމްޕްލެކްސްއަށް ދިޔަ މަގުމަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑރ. މާކް މަރާލިއިރު އޭނާ އިނީ ބައިސްކަލް ދުއްވަން ކަމަށް ވެއެވެ. އަދި ހަމަލާ ދިންމީހާވެސް އިނީ ޑރ.މާކް ދުއްވާފައި ދިޔަ ކޮޅު ނޫން އަނެއްކޮޅުން، ދެމީހުން ދިމާވާގޮތަށް ބައިސްކަލުގައި ކަމަށް ފުލުހުން ވަނީ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައެވެ. ޑރ.މާކުގެ ހަށިގަނޑަށް ދެ ފަހަރު ބަޑި ޖަހާފައިވާކަން، ތަހުގީގަށް ހާމަވެފައިވާކަމަށާއި ޑޮކްޓަރ މަރާލާފައިވަނީ ކުރިން ރޭވިގެން ކަމެއް ނުވަތަ ދިމާވި އެކްސިޑެންޓެއްކަމެއް ސީދާ ބުނަން އަދި ނޭނގޭކަމަށް ފުލުހުން ބުނެއެވެ.

ހުކުރު ދުވަހުގެ ހެނދުނު 9 ޖެހުމުގެ ކުރިން މިހާދިސާ ހިނގާފައިވާކަމަށް ފުލުހުން ބުނާއިރު ޑރ. މާކް ބަޑިން ހަމަލާދީ މަރާލާފައިވާކަމަށް ފުލުހުން އާންމު ކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. ފުލުހުން ވަނީ ޑރ.މާކް މަރާލިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ކުރެހުމެއް ވެސް އާންމު ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ ޑރ. މާކްއަށް ހަމަލާ ދިން މީހާ ލައިގެން ހުރީ އަޅި ކުލައިގެ ޖެކެޓަކާއި ކުރު ސޯޓެއްކަމަށާއި ބޮލުގައި ތޮތްޕެއްވެސް އަޅާފައިވާކަމަށެވެ. މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޑރ. މާކް އަކީ 2000 ވަނަ އަހަރު ޖޯޖް އެޗް ބުޝްއަށް ހިތުގެ މައްސަލަތައް ދިމާވުމާއި ގުޅިގެން ފަރުވާ ދިން ޑޮކްޓަރެވެ. ބުޝްއަށް އެފަހަރު ފަރުވާދިނުމަށްފަހު މާކް ވަނީ ބުޝްގެ ސިއްހަތާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުވެސް ދީފައެވެ.

ޑރ. މާކް މަރުވުމާއިގުޅިގެން ބުޝް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. ބުޝް ވިދާޅުވީ ޑރ. މާކަކީ މޮޅު ހިތުގެ ޑޮކްޓަރެއްކަމަށާއި އެއީ ރަނގަޅު މީހެއްކަމަށެވެ. އަބަދުވެސް ޑރ. މާކްގެ އެހީތެރިކަން ހަނދުމަފުޅު ހުންނާނެކަމަށް ބުޝް ވިދާޅުވިއެވެ.

ޑރ. މާކް ވަނީ 40 އަހަރު ވަންދެން ހިތުގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް