ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 08:50
އެމެރިކާގެ ފިޔަވަޅާއިއެކު އީރާނުގެ ތެލުގެ ވިޔަފާރިތަކުގައި ބައިވެރިވާ ޔޫރަޕްގެ ކުންފުނިތައް ކަންބޮޑުވޭ
އެމެރިކާގެ ފިޔަވަޅާއިއެކު އީރާނުގެ ތެލުގެ ވިޔަފާރިތަކުގައި ބައިވެރިވާ ޔޫރަޕްގެ ކުންފުނިތައް ކަންބޮޑުވޭ
ގޫގުލް
އިރާން-އެމެރިކާ
އެމެރިކާއާއިއެކު މަޝްވަރާއަށް ދިއުމަށް އީރާނުގެ ރޫހީ ލީޑަރު ދެކޮޅު
އެމެރިކާގެ އެދުމަށް ސައުދީން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްފައި

އެމެރިކާއާއިއެކު އަލުން މަޝްވަރާއަށް ދިއުމަށް ހުށަހެޅިފައިވާ ޚިޔާލަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެކޮޅު ހައްދަވައިފިއެވެ.

 މީގެ އިތުރުން ހާމަނާއީ ވަނީ ތެޔޮ ވިއްކުމުގައި ތެހެރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަފަ ހޮރްމޫޒު ކަނޑުއޮޅި ބަންދު ކުރާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އިންޒާރު ދެއްވާފައިވާތީ ރޫހާނީއަށް ތައުރީފް ކުރައްވާފައެވެ.

އީރާނުގެ ނޫސް އޭޖެންސީ އައިއާރުއެންއޭ އިން ބުނެފައިވާ ގޮތުގައި އެމެރިކާއާއިއެކު މަޝްވަރާ ނުކުރުމަށް ޚާމަނާއީ ނިންމެވީ އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދް ޒާރިފްއާއި އެތައް ސަފީރުންނާއި އެހެނިހެން ޑިޕްލޮމޭޓުންނާއި އެކުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ޚާމަނާއީވަނީ  އެމެރިކާއާއިއެކު މަޝްވަރާކޮށްގެން އޮތް ފައިދާއެއް ނެތް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަކަށް އެމެރިކާގެ ބަޔާނަކަށް ނޫނީ ސޮޔަކަށް އިތުބާރެއް ނުކުރެވޭނެ" ޚާމަނާއީ ވިދާޅުވިއެވެ.

ޚާމަނާއީވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ނުކުރެވޭނަމަ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ތެޔޮ އެކްސްޕޯޓް ނުކުރެވޭނެ ކަމަށް ވިދާޅުވެ އީރާނުގެ ރައީސް ހަސަން ރޫހާނީ ނެރުއްވާފައިވާ ބަޔާނުން އީރާނުގެ ސިޔާސަތު ސާފުވާނެ ކަމަށް ވިދާޅުވެފައެވެ.

ރޫހާނީ ލީޑަރުގެ މިފަދަ ބަޔާނެއް އައިސްފައިމިވަނީ އެމެރިކާއިން އިރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ނޮވެމްބަރު މަހުގެ ކުރީކޮޅު އެޅުމުގެ ކުރިން އީރާނުގެ ތެޔޮ އުފުލައިދޭ އުޅަނދުތަކުގެ ދަތުރުތައް މަޑުމަޑުން ހުއްޓާލަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް