ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 17:53
ރާއްޖޭގެ ރިސޯޓެއް - މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމަައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 10.5 ޕަސެންޓް އިތުރު ވެފައި
ރާއްޖޭގެ ރިސޯޓެއް - މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމަައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 10.5 ޕަސެންޓް އިތުރު ވެފައި
ބުކިންގ.ކޮމް
ފަތުރުވެރިން އިތުރުވުން
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެ
ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކުން

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.5 އިންސައްތަ އިތުރުވެއްޖެއެވެ. 

ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް 93،786 ފަތުރުވެރިން ޒިޔާރަތް ކޮށް، ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދުވަނީ 726،515 އަށް އަރާފައެވެ. 

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ 51.3 އިންސައްތައާއެކު ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫރަޕްގެ ގައުމުތަކުން  ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 372،388 އަށް އަރާފާވާއިރު، އެއީ 2017 ވަނަ އަހަރުގެ ޖޫން މަހުގައި ޒިޔާރަތް ކުރި ފަތުރުވެރިންނާއި އަޅާ ބަލާއިރު 16.3 އިންސައްތައިގެ ކުރި އެރުމެކެވެ. 

ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 37.6 އިންސައްތައާއި އެކު އޭޝިއާ ޕެސިފިކް ހިސާބުންނެވެ. އެއީ 290،542 މީހުންނެވެ. އެއީ 2017 ވަނަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު 3.3 އިންސަތައިގެ ކުރިއެރުމެކެވެ. ޖޫންމަހުގެ ނިޔަލަށް އެމެރިކާ ސަރަހައްދުން ރާއްޖެ އައިސްފައިވަނީ ޖުމްލަ 34،234 ފަތުރުވެރިންނެވެ. މެދުއިރުމަތީގެ ގައުމުތަކުން 23،130 ފަތުރުވެރިން އައިސްފައިވާ އިރު އެފްރިކާއިން 6،127 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ މާކެޓަކީ ޗައިނާ(17.5%)، ޖަރުމަންވިލާތް(8.0%)، އިނގިރޭސިވިލާތް(7.9%)، އިޓަލީ(7.8%)، އިންޑިއާ(5.7%)، ރަޝިއާ(5.3%)، ފަރަންސޭސިވިލާތް(4.2%)، ޔޫއެސްއޭ(2.8%)، ޖަޕާން(2.6%)އަދި ސްވިޒަލޭންޑް(2.4%)އެވެ. 

- ކޮމެންޓް
22 ޖުލައި 2018 | އާދީއްތަ 18:56
އުދަފިނޮލު
އުދަފިނޮލު ވަގުވަގަށް ހިއްކަނީތަ؟