ކ. މާލެ
|
22 ޖެނުއަރީ 2017 | އާދީއްތަ 23:17
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސީ ލައިފް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ޓްރޮފީއާއެކު
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސީ ލައިފް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ޓްރޮފީއާއެކު
ގޫގުލް
ވޮލީބޯލް
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ސީ ލައިފް ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ
މޮޅު ކުޅުންތެރިޔަކީ ސީ ލައިފްގެ މަންދީބް ސިންގް
މުބާރާތުގެ ތިންވަނަ ޓީމަކީ ސްޕޯޓްސް ކްލަބް ސިޓީ

ގައުމީ ވޮލީ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ސީ ލައިފް ސްޕޯޓްސް ކުލަބް ހޯދައިފި އެވެ.

ސީ ލައިފް މި މުބާރާތުގެ ޗެންޕިއަންކަން ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މިމެޗުގެ ސެޓްތައް ސީ ލައިފް ސްޕޯޓްސް ކުލަބް ގެންދިޔައީ 25-17، 25-20 އަދި 25-17 ނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން ސީ ލައިފް ސްޕޯޓްސް ކުލަބްގެ މަންދީބް ސިންގް އެވެ.

މުބާރާތުގެ އެންމެ ހަތް ކުޅުންތެރިންނަކީ މާޒިޔާގެ ލުގްމާން ލަތީފް، އަހުމަދު މުހައްމަދު، މުހައްމަދު އަލީ، ޗެންޕިއަން ސީ ލައިފް ސްޕޯޓްސް ކުލަބްގެ އަހުމަދު އަލީ، މުހައްމަދު ނިހާދު، އަބްދުﷲ ހަސަން އަދި އިސްމާޢީލް ރަޝީދު އެވެ. މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކުލަބް ހާފް ލިންކޭޖްގެ އިސްމާޢީލް ނަސީރު އެވެ. އަދި މިމުބާރާތުގެ 21 އަހަރުން ދަށުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުސެއިން ރަޒާން އެވެ.

މިމުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ޕްރިޒަން ރެކްރިއޭޝަން ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އަލީ އަޝްރަފް އެވެ. އަދި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޗެންޕިއަން ސީ ލައިފް ސްޕޯޓްސް ކުލަބްގެ މަންދީބް ސިންގްއެވެ. ދެ ވަނަ ޑިވިޝަން ވޮލީ ބޯޅަ މުބާރާތުގެ ތިންވަނަ ޓީމަކީ ސްޕޯޓްސް ކްލަބް ސިޓީ އެވެ.

- ކޮމެންޓް