ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 21:33
ރޯލްސް ރޮއިސް އިން ޑިވަލެޕް ކުރުމަށް ނިންމާފައިވާ ފްލައިންގ ޓެކްސީ
ރޯލްސް ރޮއިސް އިން ޑިވަލެޕް ކުރުމަށް ނިންމާފައިވާ ފްލައިންގ ޓެކްސީ
ސީ.އެން.އެން
ރޯލްސް ރޮއިސް
ރޯލްސް ރޮއިސް އިން ފްލައިންގ ޓެކްސީ ޑިވެލޮޕް ކުރުމަށް ތައްޔާރުވެއްޖެ
2020 ވަނަ އަހަރު އުފައްދައި ނިމޭނެ ކަަމަށް ބުނަނޭ
ފްލައިންގ ޓެކްސީ މެދުވެރިކޮށް 5 މީހުންނަށް ދަތުރު ކުރެވޭނެ ޖާގަ ހުންނާނެ

އަގުބޮޑު ކާރު އުފައްދާ މަޝްހޫރު ކުންފުނި، ރޯލްސް ރޮއިސް އިން ފްލައިންގ ޓެކްސީ ޑިވެލޮޕް ކުރުމަށް ތައްޔާރުވެއްޖެއެވެ.

2020 ވަނަ އަހަރު އުފައްދައި ނިމޭ ފްލައިންގ ޓެކްސީގައި 5 މީހުންނަށް ދަތުރު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ވަނީ އެ ޓެކްސީތައް ހުންނާނެ ގޮތުގެ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ޓެކްސީގެ އެއަރފްރޭމް ބިލްޑްކޮށް ކަރަންޓް ޑިވަލޮޕް ކުރާނެ ޕާޓްނަރުން ހޯދަމުން ދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޓެކްސީ މައްޗަށް އުދުހޭވަރަކަށް އޭގެ ބުރަފަތިތައް ފައްޖެހޭނެ ކަމަށާއި އޭގެ ސަބަބުން އޭތީގެ އަޑު މަޑުކޮށް، އަވަހަށް ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މި ޓެކްސީތައް މިހާރު ހުރި އެއަރޕޯޓުތަކުގައި އާއި ހެލިޕޯޓުތަކުގައި ވެސް ބޭނުން ކުރެވޭނެއެވެ.

ރޯލްސް ރޮއިސްގެ އިލެކްޓްރިކަލް ޓީމްގެ އިސްކޮށް ހަރަކާތްތެރިވާ ރޮބް ވޮޓްސަން ނެރުނު ސްޓޭމަންޓެއްގައި ބުނެފައި ވަނީ މި ޑިވަލޮޕްމަންޓަކީ "އިލެޓްރިފިކޭޝަން ޓްރެންޑް" އެއް ކަމަށާއި މި އުފެއްދުން ބޮޑު އިންގިލާބަކަށް ވާނެ ކަމަށެވެ.

އުދުހޭ ކާރުތައް އަސްލަކަށް ހެދުމަށްޓަކައި މަޝްހޫރު އެތައް ޓެކްނޮލަޖީ ކުންފުނިތަކާއި އޭވިއޭޝަން ކުންފުނިތަކުން ދަނީ ބުރަ މަސައްކަތެއް ކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް