ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 10:45
ޗައިނާގެ ބަދަރެއްގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުތަކެއް
ޗައިނާގެ ބަދަރެއްގައި ބަހައްޓާފައި ހުރި ކޮންޓެއިނަރުތަކެއް
ގެޓީ އިމޭޖަސް
ޗައިނާގެ އިގްތިޞޯދު
ޗައިނާގެ އިގްދިސޯދު ދެވަނަ ކުއާޓާގައި ލަފާކުރި މިންވަރަށް ކުރިއަރައިފި
ޗައިނާގެ އިގްތިސާދަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި
ޗައިނާގެ އގްތިސާދު ކުރިއަރާނެ: މާހިރުން
މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ވަނީ 0.1 އިންސަތަ ދަށްވެފައި

ޗައިނާގެ އިގްތިސޯދު ދެ ވަނަ ކުއާޓާގައި މާހިރުން ލަފާ ކޮށްފައިވާ މިންވަރަށް، 6.7 ޕަސަންޓަށް ކުރިއަރައިފިއެވެ.

ޗައިނާ އިން އިގްތިސޯދީ ކުރިއެރުން ހޯދާފައިވާ މި ވަގުތަކީ އެ ގައުމަށް ދިމާވެފައިވާ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ހުއްޓުމެއް ނެތި އެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުން ދާ ދަނޑިވަޅެކެވެ. އަދި އެމެރިކާއިން އަޅާފައިވައި އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތް ވެސް ކުރަމުންދާ ދަޑިވަޅެއް ވެސް މެއެވެ. މިދިޔަ ހަފްތާގައި ވެސް އެމެރިކާ އިން ވަނީ އެ ގައުމަށް އެތެރެކުރާ ޗައިނާގެ 200 ބިލިއަން ޑޮލަރުގެ މުދަލުން ބޮޑު އަދަދަކަށް ޓެކްސް ނަގަން ނިންމާފައެވެ.

އިގްތިސޯދީ މާހިރުން ވިދާޅުވީ ކުރިމަގުގައި ވެސް ޗައިނާގެ އިގްތިސޯދަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަން އެނގޭ ކަމަށާއި އެހެން ނަމަވެސް ޗައިނާގެ އިގްތިސާދު ކުރިއަރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެހެން ނަމަވެސް ފަހަރެއްގައި އިގްތިސޯދު ކުރިއަރަން ނަގާ ވަގުތު ތަންކޮޅެއް ދަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މާހިރުން ލަފާކޮށްފައި ވެއެވެ.

ޗައިނާގެ މި އަހަރުގެ ދެ ވަނަ ކުއާޓާގެ އިގްތިސާދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ކިޔާއިރު، މިއަހަރު ވަނީ 0.1 ޕަސަންޓަށް ދަށަށް ގޮސްފައެވެ.

- ކޮމެންޓް