ޒުވާނުންނާއި އެކު ނަގާފައިވާ ފޮޓޯ އެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓެއްގެ މައްސަލަ ހޫނުވުމުން އެ ޓްވީޓު ޑިލީޓު ކޮށްލައްވައިފިއެވެ.
މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގައި 2016 ވަނަ އަހަރު ކިޔަވަން ތިބި ދަރިވަރުންތަކަކާއެކު ޝަހީމް ސެލްފީއެއް ނަންގަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓްވީޓު ކުރެއްވި މައްސަލަ ހޫނުވެފައި ވަނީ އެކުދިންގެ ފާޑުކިޔުން ޝަހީމްއަށް އަމާޒުވުމުންނެވެ. އެ ޓްވީޓް ޝަހީމް ޑިލީޓް ކުރައްވައިފައި ވަނީ ހޮނިހިރު ދުވަހުގައެވެ. އެ ޓްވީޓު ކުރައްވަމުން ޝަހީމް ވިދާޅުވީ "އަޅުގަނޑުމެންނަކީ ޒުވާނުން، އަޅުނގަޑުމެން ވަނީ ޒުވާނުންނާއި އެކީ" ކަމަށެވެ.
އެހެން ނަމަވެސް ޝަހީމް އެ ޓްވީޓް ކުރެއްވުމުން އެ ފޮޓޯ ނަގާފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރައްވަން ނޫން ކަމަށާއި ފޮޓޯ ނެގި މަގްސަދާ ހިލާފަށް ޝަހީމް އެ ފޮޓޯ ބޭނުން ކުރައްވައިފައިވާ ކަމަށް ބުނެ އެ ދަރިވަރުން ވަނީ ނުރުހުންފާޅުކޮށް ޓްވީޓު ކޮށްފައެވެ.
Olhuvaalumaa vahkan hahthahaaves. Mi photo gai thibi alhuganduge gaaiy ekuveri akhun ge agu vahtaalan @Mohamedshaheem1 kuri findi amaleh pic.twitter.com/TH4jyd0dAJ
— Mohamed Mamshooq Marzooq (@realMammu) July 13, 2018
ފޮޓޯގައި ތިބި ޒުވާނުން ބުނީ އެ ފޮޓޯ ނެގީ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓަށް ތާއީދުއޮތްކަން ދެއްކުމަށް ނޫން ކަމަށެވެ. އެހެންކަމުން ފުންނާބު އުސް ދީނީ އިލްމުވެރިއެއްގެ ގޮތުގައި ޑރ. ޝަހީމް ހުންނަވައިގެން ޒުވާނުންގެ ނަން ކިނލަބު ނުކުރެއްވުމަށް ޝަހީމަށް އެ ޒުވާނުން ވަނީ އިލްތިމާސް ކޮށްފައެވެ.
"އެހެންކަމުން އިސްލާމް ދީން ތަމްސީލު ކުރައްވާ "ފުންނާބު އުސް" ދީނީ އިލްމުވެރިއެއްގެ ގޮތުގައި ހުރެ، ކަމާ ނުބެހޭ ފަރާތްތަކަށް މިފަދަ އަނިޔާ ނުދިނުމަށާއި، އެއްވެސް ކޮޅަކަށް ނުޖެހޭ ޒުވާނުންގެ ނަން ކިލަނބު ނުކުރުމަށް އިލްތިމާސް ކުރަން! އަދި މިފަދަ އޮޅުވާލުން އޮޅުވާލާ ހިނދު ﷲ އަށް ބިރުވެތިވުމަށް ވެސް ވަސިއްޔަތް ކުރަން" ފޮޓޯގައި ތިބި ޒުވާނުން ޓްވީޓުގައި ބުނެފައިވެއެވެ.