ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިންގ މޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީ އަށް ލިބިފައިވާ ސްލޮޓުގައި، އެ ޕާޓީ ގެ ކައުންސިލުން ހުކުރު ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް ހޮއްވަވާފައިވާއިރު، ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ޝެއިޚް އިލްޔާސް އިތުރަށް ވިދާޅުވީ ދިވެހި ގައުމަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމް ގައުމަށް އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއިއެކު ޚިދުމަތްކޮށްދެެއްވުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
Gulhfaiva party thakuge riyasee candidate IBRAHIM MOHAMED SALIH aai runningmate FAISAL NASEEM ah v hoonumarihaba a dhannavan
— Ilyas Hussain (@ilyaasipa) July 14, 2018
Dhivehi Qaumah fagathi musthagubalakah edhen
Adhi dhivehi Qaumah ikhlastherikamai amanatherikamaeku khidhumahkoh dhevvumah ves edhen
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ފޯރިއާއެކު ކޭމްޕޭން ފަށާފައިވާއިރު، އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންނާއި އަދި ސަޕޯޓަރުން ތަކުރާރުކޮށް ބުނަމުން ގެންދަނީ ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.