މަޖުބޫރީ ހާލަތެއްގައި ނަަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ދިފާއު ކުރުމަށް ބަޔަކަށް ވަނީ ގޯސްތަކެއް ހެދިފައި ކަމަށާއި އަސްލު މައްސަލަ އަކީ ރައީސް ޔާމިން ކަމަށް ވީ ހިނދު އިންތިޚާބުގައި ލިބޭ ފުރުސަތުގެ ބޭނުން ހިފައި ހެދުނު ގޯސްތައް ރަނގަޅު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ގޮވާލައްވައިފިވެ.
ހޮނިހިރު ދުވަހު މަހުލޫފް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންނަށް ދިން އަނިޔާގެ ބަދަލެއް ނުހިފާނަން ކަމަށާއި، ޒާތީކަމެއް ނެތް ކަމަށެވެ."
Majubooree haalathehgai namaves Yameen dhifaau kurumah bayakahvanee goasthakeh hedhifa. Aslu massala akee Yameen kamah veehindhu, inthikhaabuga milibey furusathuge beynunhifaa, hedhunu goasthah rangalhu kurahvaa.Alhugandumennah dhin aniyaage badhaleh nuhifaanan,zaatheekameh neiy.
— ????? ??????? (@AhmedMahloof) July 14, 2018
މަހުލޫފު މިހެން ވިދާޅުވިއިރު ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ރިޔާސީ އިންތިޚާބުގެ ކޭމްޕޭން ވަރަށް ފޯރިއާއެކު ފަށައިފައެވެ. އަދި ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބޮޑު ތަފާތަކުން ބަލި ކުރާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެއެވެ.