ގުޅިފައިވާ ޕާޓީތަކުގެ ރަނިން މޭޓް ފައިސަލް ނަސީމަށް، އޯލް ޕާޓީ ޓޯކްސްގެ ޗެއާމަން އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މަރުހަބާ ވިދާޅުވުމަށް ފަހު، މިނިވަން އިންސަފުވެރި އިންތިހާބެއް ބޭވުމަށް ޕާޓީތަކުގެ މަޝްވަރާއަށް ޝައިނީ ގޮވާލައްވައިފި އެވެ.
ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަކީ ދެފުށް ފެންނަ، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި މަޝްވަރާއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރަނިންގމޭޓް ފައިސަލަށް ގޮވާލައްވާ ކަމަށެވެ.
Congratulations to @FaisalNasym for being nominated as running mate of opposition coalition. As Chair of All-Party-Talks may I call upon @ibusolih and @FaisalNasym to engage in talks to reconcile the political differences and guarantee a free, fair and transparent election.
— Mohamed Shainee (@mshainee) July 14, 2018
ޑރ. ޝައިނީ މީގެ ކުރިން ވެސް އިބޫއަށް މަރުހަބާ ވިދާޅުވެފައި ވެއެވެ. ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅި ރަނގަޅު ފިޔަވަޅެއް ކަަމަށާއި، އިބޫއަކީ ގާނޫނު އަސާސީގައި ބުނާ ޝަރުތުުތައް ފުރިހަމަވާ ބޭފުޅެއް ކަމަށް ޝައިނީ ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް މިހާރު ހަމަޖެހިފައި ވަނީ މިމަހުގެ 23 އިން އަންނަ އޮގަސްޓް މަހު 4 ވަނަ ދުވަހުގެ ނިޔަލަށެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ 23 ސެޕްޓެމްބަރުގަ އެވެ.