ގުޅިފައިވާ ޕާޓީތަކުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ނެރޭ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް މި ގައުމަށް އިޚްލާސްތެރި ޚިދުމަތް ކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ރަނިންގމޭޓު ކަނޑައެޅުމަށް ހުކުރު ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ބޭއްވި ސިއްރު ވޯޓު ފައިސަލް ނަސީމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސަލްއަށް މަރުހަބާ ދަންނަވާކަމަށާއި އިބޫއާއި ފައިސަލް މި ގައުމަށް އިޚްލާސްތެރި ޚިދުމަތް ކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މީގެ އިތުރުން އިބޫއާއި ފައިސަލްއަށް ކާމިޔާބު މިންވަރު ކުރެއްވުމަށް ދުއާ ދަންނަވާ ކަމަށް އިޔާޒުގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
Marhaba @FaisalNasym. Gaumah ikhlaastheri khidhumaiy thakeh koh dhevvaane kamah ummeedhu kuran. Maaiy Allah manikfaanashaai candidate @ibusolih ah kaamiyaabu minvaru kohdhevvaashi. Aameen.
— Dr Mohamed Iyaz (@dr_iyaz) July 13, 2018
ފައިސަލަށް ރަނިންގމޭޓުކަން ލިބުމާއި ގުޅިގެން އެކި ފަރާތްތަކުން ދަނީ އޭނާއަށް މަރުހަބާ ދަންނަވަމުންނެވެ. ޖަލުގައި މިހާރު ހުންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާކަމަށެވެ. އަދި އެކީގައި މަސައްކަތް ކޮށް އަނިޔާވެރިކަން ނިމުމަކަށް ގެނެސް އެންމެނަށް އިންސާފު ހޯދައިދެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.
Congratulations to the coalition candidates @ibusolih and @FaisalNasym. In Sha Allah together we can bring an end to this tyranny and establish human rights and justice for all#RayyithungeCandidate https://t.co/IPO4dCm3mF
— Nash (@maryam_nashwa) July 13, 2018