ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓަކަށް ހޮވިވަޑައިގެންނެވި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމްއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މަރުހަބާ ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމަށް މަރުހަބާ ދަންނަވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށެވެ. ހުކުރުދުވަހުގެ ރޭ ބޭއްވި އިންތިޚާބް ފައިސަލް ނަސީމް ކާމިޔާބު ކުރެއްވީ އެއް ވޯޓުގެ ތަފާތުންނެވެ. ފަނަރަ ވޯޓް ފައިސަލްއަށް ލިބިވަޑައިގަތްއިރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއަށް ލިބިވަޑައިގަތީ ސާދަ ވޯޓެވެ.
Gulhifaivaa Party thakuge Running Mate akah kanda elhunu Hon @FaisalNasym ah marhabaa. Iraadha kurehviyyaa alhugadumen Raees Yameen bodu thanun bali kuraane.
— Mohamed Nasheed (@MohamedNasheed) July 13, 2018
ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީއިން ރަނިންގމޭޓެއްގެ ގޮތުގައި ކަނޑައެޅުއްވި ފައިސަލްއަށް މަރުހަބާ ދަންނަވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ފައިސަލްއާއެކު ވަރަށް ގާތުން މަސައްކަތްކުރެވުނު ކަމަށާއި ފައިސަލްއަކީ ރާއްޖެ އަލުން އަނބުރާ ޑިމޮކްރަސީގެ މަގަށް ރުޖޫއަ ކުރުމަށް މަސައްކަތްކުރާނެ މީހެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިބޫ ވިދާޅުވިއެވެ.
Congratulations to MP @faisalnasym, the Jumhooree Party’s nominee for the Joint Opposition coalition’s Vice Presidential candidate. Having worked closely with him in the Parliament, I am assured of his commitment to restore democracy in the Maldives. #JazeeraRaajje
— Ibrahim Mohamed Solih (@ibusolih) July 13, 2018
ރަނިންގމޭޓަކަށް ފައިސަލް އައްޔަނުކުރެވިގެންދިޔުމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށިގެންދާނެއެވެ.