ތަޙްޤީޤް ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ދެ މީހަކު ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދާ މީހާގެ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ. ޔޫޓިއުބްގައި އާންމު ކުރި ވީޑިއޯ އިން ފެންނަނީ ރަތް ކުލައިގެ ކޮނޑުކެޑިއަކާއި ސޯޓު ބުރިއެއް ލައިގެން ހުރި ހިކި ފިރިހެނެކެވެ. ނަމަވެސް އޭނާ ހޯދަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދެން ހޯދަން ފޮޓޯ އާންމުކޮށްފައި ވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ މީހެއްގެއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުން ދަނީ ސ.މީދޫ، ނޫކޮކާގެ، މުޙައްމަދު ޝަރީފް (45އ) އެވެ..
ވީމާ މި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 6820009 އަށް ގުޅުމަށް ފުލުހުން އެދިފައިވާ އިރު ވައްކަމުގެ މައްސަލާގައި ހޯދާ މީހާއާ ބެހޭ މައުލޫމާތު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ހިއްސާ ކުރުމަށް އެދިފައެވެ.