ރަލާއި އޫރުމަސް ރާއްޖެ އެތެރެ ކުރުމަކީ ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށް މަޝަހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުހީ ޕްރޮގްރާމްގައި ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރައްވައިފި ނަމަ ރާއްޖެއަށް ރަލާއި އޫރުމަސް އެތެރެކުރުން މަނާކުރައްވާނެތޯ ސުވާލު ކުރުމުން ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިގްތިސާދީ ކަންކަމުގެ ތެރޭގައި ހިނގާ ކަންކަމާއި ނުބެހޭނެ ކަމަށާއި ރާއްޖެއަށް ރަލާއި އޫރުމަސް އެތެރެ ވެފައި ހުރީ އެތަކެތި ދުނިޔޭގައި ހުރުމުން ކަމަށެވެ.
Ralaa ooru mahaa behey gothun suvaal thah kurimathi vaathee dhannavaalan. Ralaa oorumas Raajje ethere kurumakee kandaelhigen Haram kameh! Adhi Bismi liyegen raa etherekuraa certificate hadhaafaivumee ladhuvethi kameh! Iqthisaadhee gothun ves ekan egothah nukureveyne.
— Ali Zaid (@alizaid1000) July 12, 2018
ރަލާއި އޫރުމަހާއި ބެހޭ ގޮތުން ކުރި ސުވާލަށް ޝަހީމް އެކަށީގެންވާ ޖަވާބެއް ނުދެއްވުމާއި ގުޅިގެން އެމަނިކުފާނަށް މިހާރު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު ޝައިހް އަލީ ޒައިދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރަލާއި އޫރުމަސް ރާއްޖެއަށް އެތެރެ ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، ބިސްމި ލިޔެގެން ރާ އެތެރެކުރާ ސެޓްފިކެޓް ހަދާފައިވުމަކީ ލަދުވެތިކަމެއް ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދީ ގޮތުން ވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
Adhuluveri kan ethaneh gai neh nama, e thanehgai onnaanee hus hamanujehun. Biruverikan. Fasaadha. Ethanugai basvikeynee mududhaaru meehunge. Khiyaanaathereenge. Eyge gellun vaanee enmenah. Mi e dhuniyeyge kan hingaa goi.
— Ali Zaid (@alizaid1000) July 12, 2018
މީގެ އިތުރުން ޝެއިލް އަލީ ޒައިދު ވިދާޅުވީ އަދުލްވެރިކަން އެތަނެއްގައި ނެތް ނަމަ އެތަނެއްގައި އޮންނަނީ ހުސް ހަމަނުޖެހުން ކަމަށެވެ. އެމާހައުލެއްގައި އޮންނާނީ ބިރުވެރިކަމާއި ، ފަސާދަކަން ފާހަގަކުރައްވައި ޝެއިހް އަލީ ވިދާޅުވީ ބަސްވިކޭނީ ހިޔާނަތްތެރީންގެ މުޑުދާރު މީހުންގެ ކަމަށެވެ. އަދި ވިދާޅުވީ މިކަމުގެ ގެއްލުން އެންމެނަށް ވެސް ކުރާނެ ކަމަށެވެ.