ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ފުރަތަމަ ޖަގަހަ "ހުވަދޫ އަޓިގެޔާ" ނަމުގައި ހުޅުވާއިފިއެވެ.
މާލެގައި ދިރިއުޅޭ ހުވަދު އަތޮޅުގެ ރައްޔިތުންނަން ހާއްސަކޮށްގެން ބުރާސްފަތި ދުވަހުގެ ރޭ "ހުވަދޫ އަޓިގެޔާ" ނަމުގައި ޖަގަހަ ހުޅުއްވައި ދެއްވީ އިބޫއެވެ. މުއިވެޔޮ ގޯޅީގައި ހުންނަ މ. ދޮންވެލިގޭގައި ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ހުވަދު އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. ޖަގަހަ ހުޅުއްވައި ދެއްވުމަށް އިބޫ ވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ހުވަދު އަތޮޅަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރ މުހައްމަދު އަސްލަމެއެވެ.

އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރުކަން ކުރެއްވި އަސްލަމް ވިދާޅުވީ ޖަގަހާގައި ހަމައެކި ހިނގާނީ ބައްދަލުވުންތަކާއި ސައްލާތަކެއް ނޫން ކަމަށެވެ. އެ ޖަގަހައަށް އަތޮޅު ތެރެއިން އެއްކެރެވޭ މައުލޫމާތުތައް ޖަމާކޮށް، ޕާޓީގެ އޮފީހަށް ގެންދާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔަސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބު ކުރާނީ ބޮޑު ފަރަގަކުންނެވެ.

ޖަގަހަ ހުޅުވުމުގެ ހަފްލާގައި ގއ. ވިނލިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިންނާއި، ތިނަދޫ އިތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވަނީ ބައިވެރިވަޑައިގެންފައެވެ. އެ ހަފްލާ ނިންމާލީ "ހުވަދޫ އަޓިގެޔާ" ޖަގަހައިގެ ފަރާތުން ބޭއްވި ބޮނޑިބަތް ކެޔުމަކުންނެވެ.