އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަހުމަދު ޝަފީގަށް ދެއްވައި ހެލްތު ޑެޕިއުޓީ ކަމަށް ޑރ. މުހައްމަދު ޝާފިއީ ރައީސް ޔާމީން އައްޔަން ކުރައްވައިފިއެވެ.
އަހުމަދު ޝަފީގަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2005، އެމްޑީޕީ އުފެއްދި އިރު އެޕާޓީގައި އިސްކޮށް ވެސް ޝަފީގު ވަނީ އުޅުއްވާފައެވެ.

ޑރ. ޝާފިއީ މީގެ ކުރިން މަސައްކަތް ކުރައްވާފައި ވަނީ ހެލްތު މިނިސްޓްރީގައެވެ. ޑރ.ޝާފިއީ އަށް ބުދަ ދުވަހު މަގާމް ދެއްވާފައިވާއިރު ޝަފީގަށް މަގާމް ދެއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.