އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުޙައްމަދު ދީދީ ދެވަނަ ފަހަރަށް އައްޔަން ކުރައްވައިފިއެވެ.
މުހައްމަދު ދީދީ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިވަނީ ބުރާސްފަތި ދުވަހުއެވެ.
މުހައްމަދު ދީދީ ކުރިން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އޭނާ އޭރު ނިސްބަތްވާ ޕާޓީ އަދާލަތު ޕާޓީން ޕީޕީއެމް ކޯލިޝަނާ ވަކިވުމުންނެވެ.
އެހެންނަމަވެސް އޭނާ ވަނީ ފަހުން ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. މުހައްމަދު ދީދީ ޕީޕީއެމަށް ސޮއި ކުރައްވާފައިވަނީ މިދިޔަ މެއި މަހުއެވެ.