އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައި އަންހެނަކުގެ ހާލު ސީރިއެސްވެފައިވާއިރު އަނެއްކާ ވެސް މިރޭ އައްޑޫ މަރަދޫފޭދޫގައި އެކްސިޑެންޓެއް ހިނގައި ފިރިހެނަކު ޒަހަމްވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ މިއެކްސިޑެންޓް ހިނގާފައިވަނީ މަރަދޫފޭދު އާއި ފޭދޫ ގުޅޭ ކޯޒްވޭ ދިމާލުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މަރަދޫފޭދޫން ފޭދު އަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް، ކޮންޓްރޯލް ނުވެ ކޯޒްވޭގެ އަރިމަތީގައި ހުރި ތަނބެއްގައި ޖެހިފަ އެވެ. މިއެކްސިޑެންޓް ހިނގިއިރު ސައިކަލުގައި އިނީ ދުއްވަން އިންމީހާ އެކަންޏެވެ.
އެނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
މިއެކްސިޑެންޓުގެ ފޮޓޯއިން ފެންނައިރު އެމީހާ ބޮލާއި ނޭފަތް ފަޅާއިގެންގޮސް މޫނުމަތީގައި ވަރަށް ގިނައިން ލޭފައިބާފައި ހުރިކަން ފާހަގަވެއެވެ.
މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ.