ރިޔާސީ އިންތިޚާބަށް ކެމްޕެއިންކޮށް ތާއީދު ހޯދުމަށްކުރާ މަސައްކަތުގައި އެއްވެސް ކެނޑިޑޭޓަކަށް ފުރައްސާރަ ނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފިއެވެ.
އެޗްއާއރުސީއެމުން ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ތާއީދު ހޯދުމަށް ކެންޑިޑޭޓުންނާއި ރަނިންގމޭޓުން ކުރާ މަސައްކަތުގައި އެބޭފުޅުންގެ އަބުރު ގެއްލޭ ފަދަ ކަންކަން ކުރުމާއި މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެދި އާއްމު މަސްލަހަތު ގެއްލޭ ގޮތަށް ކެމްޕެއިންގެ ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި، އެންމެހާ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕެއިނުކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކަކީ އަމާން ކަމާއި އޮމާން ކަމާ އެކު ކުރިއަށްގެންދާ ހަރަކާތްތަކަކަށް ހެދުމަށްޓަކައި ގާނޫނާއި ގާވާއިދުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް އިހުތިރާމުކުރުމަށް އެކޮމިޝަނުން ވަނީ ގޮވާލާފައެވެ.