ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މ. އަތޮޅުގެ ހަތަރު ރަށަކަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ އެ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގަންނަވާފައި ވަނީ މ. ދިއްގަރަށެވެ. އެރަށަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ނަރުދާމާ ނިޒާމުގެ ހިދުމަތް ދިނުން ފައްޓަވައިދެއްވިއެވެ.
މީގެ އިތުރުން މ. މުލަކަށް ވަޑައިގެން މުލަކުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ދިނުން ފައްޓަވައިދެއްވާފައިވެއެވެ. މ. މުއްޔަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫއު ނިމުން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާވަނީ މ. ކޮޅުފުއްޓަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވާފަ އެވެ.