ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހުޅުމާލޭން ހަމަލާ ދިނުމަށް މަސައްކަތްކޮށް އަދި ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ހުރަސްއެޅުމަށް އަންގާރަ ދުވަހު ބަޔަކު ކުރި މަސައްކަތް އަދާލަތު ޕާޓީ އިން ކުށްވެރިކޮށްފިއެވެ.
އަދާލަތު ޕާޓީ އިން ކުރި ޓްވީޓެއްގައި އިތުރަށް ބުނީ ދިވެހި ރާއްޖޭގެ ފުލުހުންނާއި، ސިފައިންނާއި އަދި އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތާއި އަދި ރައްކާތެރިކަން ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ.
@AdhaalathOffice strongly condemns the attempted attack on joint opposition presidential nominee @ibusolih.
— Adhaalath Party (@AdhaalathOffice) July 10, 2018
We call up on @PoliceMv , @MNDF_Official and @ElectionsMv to facilitate equal security and campaigning environment for all parties.
މަދު ބަޔަކު ވެގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫގެ ހަށިކޮޅަށް ހަމަލާ ދޭން އުޅެ، އެމަނިކުފާނު ދޮރުން ދޮރަށް ހިންގަވަން ކުރި މަސައްކަތްޕުޅަށް އަންގާރަ ދުވަހު ބަޔަކު ވަނީ ހުރަސްއަޅާފައެވެ.
އިބޫ އަށް ހުޅުމާލޭން ހަމަލާ ދިނުމަށް ދެތިން ޒުވާނަކު ވެގެން މަސައްކަތްކޮށްފައިވާ އިރު، އިބޫ ހުޅުމާލެ އަށް ވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިންނެވެ. ހަމަނުޖެހުން ހިންގުމާ ގުޅިގެން ކުޑަވަގުތުކޮޅަކަށް ދޮރުން ދޮރަށް ހިނގުން މެދުކަނޑާލެއްވުމަށް ފަހު އަނެއްކާ ވެސް ކުރިއަށް ގެންދެވިއެވެ. ހަމަލާ ދޭން އުޅެ ނާކާމިޔާބުވުމުން ބަޔަކު ފަހުން ވަނީ އިބޫއާ އެކު ހަރަކާތްތެރިވި ބައެއް މީހުން ގަޔަށް ކަޅުތެޔޮ ވެސް ޖަހާފައެވެ.
އިބޫ ވަނީ މީގެ ކުރިން މާލެ އާއި ވިލިމާލޭގައި ވެސް ދޮރުން ދޮރަށް ހިންގަވައިފައެވެ.