ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހުޅުމާލޭން ހަމަލަ ދިނުމަށް މިއަދު މަސައްކަތްކޮށް އަދި ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ހުރަސްއެޅުމަށް މިއަދު ބަޔަކު ކުރި މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނީ މަދު ބަޔަކު ވެގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓްގެ ހަށިކޮޅަށް ހަމަލާ ދޭން އުޅެ، އެމަނިކުފާނު ދޮރުން ދޮރަށް ހިންގަވަން ކުރި މަސައްކަތްޕުޅަށް ހުރަސްއަޅަން މަސައްކަތްކުރި ކަމަށެވެ.
އެމްޑީޕީން ބުނީ ސުލްހަވެރި ސިޔާސީ ހަރަކާތަށް ބަޔަކު ހުރަސްއަޅަން ކުރާ މަސައްކަތައް ދިވެހި ސަރުކާރުން ވާގިވެރުވުން ހުއްޓާލުމަށް ގޮވާލާ ކަމަށާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް މާހުއުލު ގާއިމުކޮށްދިނުމަށް އެދޭ ކަމަށެވެ.
އިބޫ އަށް ހުޅުމާލޭން ހަމަލަ ދިނުމަށް ދެތިން ޒުވާނަކު ވެގެން މަސައްކަތްކޮށްފައިވާ އިރު، އިބޫ ހުޅުމާލެ އަށް ވަޑައިގެންނެވީ ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިންނެވެ. ހަމަނުޖެހުން ހިންގުމާ ގުޅިގެން ކުޑަވަގުތުކޮޅަކަށް ދޮރުން ދޮރަށް ހިނގުން މެދުކަނޑާލެއްވުމަށް ފަހު އަނެއްކާ ވެސް ކުރިއަށް ގެންދިޔައެވެ. ހަމަލާ ދޭން އުޅެ ނާކާމިޔާބުވުމުން ބަޔަކު ފަހުން ވަނީ އިބޫއާ އެކު ހަރަކާތްތެރިވި ބައެއް މީހުން ގަޔަށް ކަޅުތެޔޮ ވެސް ޖަހާފައެވެ.
އިބޫ ވަނީ މީގެ ކުރިން މާލެ އާއި ވިލިމާލޭގައި ވެސް ދޮރުން ދޮރަށް ހިންގަވައިފައެވެ.