އދ ގެ ޑިޕާޓްމެންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ފަރާތުން އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު މަރީ ޔަމަޝީޓާ އާއި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބައްދަލުކޮށްފިއެވެ.
މި ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ޔަމަޝީޓާއަށް މައުލޫމާތު ދެއްވާފައެވެ. ހަމައެހެންމެ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ބައިނައަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަން ގުޅިފައިވާ ޕާޓީތަކުން ވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.
Joint Opposition officials met with UN DPA Director for Asia and the Pacific, Ms. Mari Yamashita, today and discussed the current political situation as well as need for international community's support in ensuring free and fair elections in the Maldives pic.twitter.com/UP3T4pB2Sk
— MDP Secretariat (@MDPSecretariat) July 10, 2018
މި ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފާއި މަޑުއްވަރީ ދާއިރާގެ މެމެބްރު މުހައްމަދު އަމީތު އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
އދ. ގެ ޕޮލިޓިކަލް އެފެއާޒް ނުވަތަ ސިޔާސީ ކަންކަމާ ބެހޭ ގުނަންގެ ޑިރެކްޓަރާއި ގުޅިފައިވާ ޕާޓީތަކުން ބައްދަލުކުރައްވާފައިވާއިރު ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އދ. އިން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމާ މެދު އދ އިން ވެސް ވަނީ ސުވާލު އުފައްދާފައެވެ.