ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފިއެވެ.
އިބޫއަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވަނީ ހުޅުމާލޭގައި އަންގާރަ ދުވަހު ޑޯރ ޓު ޑޯރ ގައި އެމްޑީޕީގެ ބައެއް އިސްވެރިންނާއިއެކު އުޅުއްވަނިކޮށެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ބުނެފައިވާ ގޮތުގައި ދެ މީހުން ގޮސް އިބޫއަށް ހަމަލާދިނުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އިބޫ ވަނީ ވެހިކަލެއްގައި ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައެވެ.