ދީނޭ ކިޔައިގެން ކޮރަޕްޝަނާއި އަނިޔާވެރިކަން އޮއްބައެއް ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ލީޑަރު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ މުހައްމަދު ޝަހީމް ހަމަޖެއްސެއްވުމުން 10 ދީނީ އިލްވެރިން ޑރ ޝަހީމަށް ތާއިދުކޮށް ރައީސް ޔާމީނަން ވޯޓް ދިނުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައި ހޯމަ ދުވަހު އަދާލަތު ޕާޓީގެ ނައިބް ލީޑަރު އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިނޭ ކިޔައިގެން ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އޮތްބާލަން ކިތެއްމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ ކަމަށެވެ. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ދީނީ ކަންކަމަށް ނުވެ ދެން ދީނީ ކަންކަމަށް ވަނީ ކޮންކަމެއްތޯ އަލީ ޒާހިރު ވަނީ ސުވާލުއުފައްދަވާފައެވެ.
މީގެ އިތުރުން އަލީ ޒާހިރު ވިދާޅުވީ 2018 އިން ފެށިގެން ދިވެހި ރައްޔިތުން އުޅެނީ ފަސް އަހަރަށް ރާއްޖޭގެ މުފްތިއަކު ހޮވަން ވޯޓުލާންތޯ ވެސް ސުވާލުއުފައްދާވާފައެވެ.
ކޮރަޕްޝަނާއި ފަސާދައިގެ އިތުރުން އަނިޔާވެރިކަމުގެ އެތަކެއް ތުހުމަތުތަކެއް ރައީސް ޔާމީންގެ މައްޗަށް ގިނަ ބަޔަކު ކުރަމުންދާއިރު، އެމަނިކުފާނުގެ ރަނިންގމޭޓްކަން ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ޤަބޫލުކުރެއްވުމާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ދީނީ އިލްމުވެރިންނާއި، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ދީނީ އިލްމުވެރިން ދަނީ އަނިޔާވެރިންނަށް އެއްބާރުލުން ދިނުމާއި ދެކޮޅަށް އެކިއެކި އާޔަތްތަކާއި ހަދީޘްތަކުން ދަލީލު ދައްކަވައި ޚިޔާލުފާޅުކުރައްވަމުންނެވެ.
އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު މިފަދައިން ޓްވީޓް ކުރެއްވި އިރު، ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ޝަހީމް ވަނީ ދިވެހި ރާއްޖޭގެ އިލްމުވެރިންގެ ސަފުތަށް އެކަތިގަނޑަކަށް ހެއްދެވުމަށްޓަކައި އެޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޝެއިހް އިލިޔާސް ރައީސް އަބްދުﷲ ޔާމީންނަން ތާއިދުކޮށް އެބޭފުޅާގެ ފަހަތަށް އެރުމަށް ދައުވަތުދެއްވާފައެވެ.