ކ. މާލެ
|
20 ޖެނުއަރީ 2017 | ހުކުރު 05:00
ގައުމީ އަންހެން ފުޓުބޯޅަ ޓީމު
ގައުމީ އަންހެން ފުޓުބޯޅަ ޓީމު
އަވަސް
ރާއްޖޭ ގައުމީ އަންހެން ފުޓުބޯޅ
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
 
ގައުމީ ޓީމު ބަހުރޭންއާ ދެކޮޅަށް ކުޅޭ ފުރަތަމަ ރަހްމަތްތެރިކަމުގެ މެޗު ކުޅޭނީ 21 ވަނަ ދުވަހު

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ފުޓުބޯޅަ ޓީމު ބަހުރޭނަށް ފުރައިފި އެވެ.

ބަހުރޭން ޓީމުގެ ދައުވަތަކަށް ގައުމީ އަންހެން ޓީމު ބުރާސްފަތި ދުވަހު އެގައުމަށް ފުރާފައިވާއިރު، އެޓީމު އެ ގައުމުގައި ތަމްރީންތަކެއް ހަދާ ބަހުރޭން އަންހެން ޓީމާ ދެކޮޅަށް ފީފާ ރަޖިސްޓަޑް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ބަހުރޭން ޓީމާ ދެކޮޅަށް ރާއްޖޭ އަންހެން ޓީމު ކުޅޭ ފުރަތަމަ މެޗުގައި މި މަހު 21 ވަނަ ދުވަހު ނިކުންނައިރު، ދެވަނަ މެޗުގައި ނިކުންނާނީ މި މަހު 24 ވަނަ ދުވަހު އެވެ. ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހު 28 ވަނަ ދުވަހު އެވެ.

ރާއްޖޭ އަންހެން ޓީމު ވަނީ ނިމިގެންދިޔަ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ކާމިޔާބީ ހޯދާފައެވެ. މުބާރާތެއްގެ ގްރޫޕް ސްޓޭޖް މީގެ ކުރިން ފަހަނަ އަޅައިދެވިފައިނުވާ އަންހެން ޓީމު ވަނީ ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު ފަހުކޮޅު އެޓީމު ވަނީ ޔޫއޭއީގައިވެސް ކޭމްޕްކޮށް އެގައުމުގެ އަންހެންޓީމާއެކު ފީފާ ރަޖިސްޓަޑް ދެ މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެއް މެޗުން އަންހެންޓީމު މޮޅުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް