ސަރުކާރުގެ ފަރާތުން، ޖަލުތަކާއި ޕެރޯލުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެބިލު ދިރާސަ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
އެބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ވޯޓުގައި ބައިވެރިވި 33 މެންބަރުންގެ އިއްތިފާގުންނެވެ. ހޯމަ ދުވަހުގެ މިޖަލްސާގައި ވެސް ބައިވެރިވެފައި ވަނީ ސަރުކާރަށް ނިސްބަތްވާ މެންބަރުން އެކަންޏެވެ.
ސަރުކާރުގެ ފަރާތުން، މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިބްތިދާއީ ބަހުސް ކުރުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެބިލަށް އެއްވެސް މެންބަރަކު ބަހުސް ކުރައްވާފައެއް ނުވެއެވެ.
އެބިލް މަޖިލީހުގެ ޖަލްސާއަށް އިއްވުމަށް ފަހު، ބަހުސް ކުރައްވާނެ މެމްބަރެއް ނެތުމުން ވަނީ ބަހުސް މަރުހަލާ ނިންމާލައްވާފައެވެ.