ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާފައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުން އިސްތިއުފާ ނުދެއްވުމަށް ނިންމައިފިއެވެ.
ޑރ ޝަހީމް މިގޮތަށް ނިންމެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްތިއުފާ ނުދެއްވަން އެންގެވުމުންނެވެ.
އަދާލަތު ޕާޓީގެ ތެރެއިން ސިޔާސީ މަސައްކަތް ފެއްޓެވި ޝަހީމް ވަނީ ރައީސް ވަހީދުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާ ކުރައްވާފައެވެ.
މޭޑޭ މުޒާހަރާއާ ގުޅިގެން އަދަލާތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހައްޔަރު ކުރުމާ ގުޅިގެން، އެ ޕާޓީގެ ނިންމެވުމަށް ޔާމީންގެ ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވުމަށް ފަހު، ޝަހީމް ހުންނެވީ ސިޔާސީ ދާއިރާއާ ދުރުގައެވެ. އަދި އަދާލަތު ޕާޓީގެ މަގާމުތަކުން އިސްތިއުފާ ވެސް ދެއްވުމަށް ފަހު، 2015 ވަނަ އަހަރުގެ ފަހުކޮޅު އެ ޕާޓީން ވެސް އޭނާ ވަނީ ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމަށް އޭނާ ބަދަލު ކުރެއްވީ 2016 ވަނަ އަހަރު އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވެވި ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީގެ ދެވަނަ ޗާންސެލަރެވެ.