ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރގެ މަޤާމަށް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރގެ މަޤާމަށް ތިލަދުންމަތީ ދެކުނުބުރި ވައިކަރަދޫ، ބުލޫހައުސް، ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އައްޔަން ކުރައްވާފައެވެ. އެ ކަމަނާ އައްޔަން ކުރެއްވީ 9 ޖުލައި 2018 ގައެވެ.
ޢާއިޝަތު ޚަލީލާއަކީ ގާނޫނީ ވަކީލެއްގެ އިތުރުން ދީނީ އިލްމުވެރިޔެއް ވެސް މެއެވެ. ޢާއިޝަތު ޚަލީލާ ވައިސް ޗާންސެލަރ ކަމުގެ މަގާމަށް ހަމަޖައްސައިފާ ވަގުތަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ނައިބު ރައީސްގެ ރަނިންގްމޭޓު ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރގެ މަގާމްގައި ހުންނެވި ޝަހީމް އައްޔަން ކުރައްވައިފައިވާ ވަގުތެއް ވެސް މެއެވެ.