ކ. މާލެ
|
20 ޖެނުއަރީ 2017 | ހުކުރު 05:00
ނެދަލޭންޑްސްގެ ފޯވާޑް މެންފިސް ޑިޕޭ
ނެދަލޭންޑްސްގެ ފޯވާޑް މެންފިސް ޑިޕޭ
ގޫގުލް
ފުޓްބޯޅަ
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
 
ޑިޕޭ ހޯދުމަށް ލިޔޯން އިން ވަނީ 21 މިލިއަން ޕައުންޑު ހުށަހަޅާފައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ފޯވާޑް މެންފިސް ޑިޕޭ އޮލިމްޕިކް ލިއޯން އަށް ވިއްކާލުމަށް ޔުނައިޓެޑުން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދަ އިންޑިޕެންޑެންޓުން ބުނީ ޑިޕޭ ހޯދުމަށް ލިއޯން އިން ކުރަމުން އަންނަ މަސައްކަތުގައި އެޓީމުން މިހާރު 21 މިލިއަން ޕައުންޑު ހުށަހަޅާފައިވާ ކަމަށާއި، އެ އަގަށް ޔުނައިޓެޑުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޕޯޓްތައް ބުނާގޮތުން ކޮންޓްރެކްޓްއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޑިޕޭ މިހާރު ހުރީ ވެސް ލިޔޯންގައެވެ. އެހެން ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

ގިނަ ކްލަބްތަކުން ހުށަހެޅުންތައް ލިބެމުން އަންނަ ޑިޕޭ ހޯދުމަށް އެވަޓަންގެ އިތުރުން އިޓަލީގެ ގިނަ ކްލަބްތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޭސީ މިލާން، ނަޕޯލީ، އޭއެސް ރޯމާ އަދި ޔުވަންޓަސްވެސް ހިމެނެއެވެ. މީގެއިތުރުން އޭނާ ހޯދުމަށް ސްޕެއިން އަދި ޖަރުމަންގެ ކްލަބްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޕީއެސްވީން 2011 ވަނަ އަހަރު ކެރިޔަރު ފެށި 22 އަހަރުގެ ޒުވާން ވިންގާ ވަނީ އެޓީމަށް 124 މެޗު ކުޅެދީ 50 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެގޮތުން އޭނާ ޕީއެސްވީއާ އެކު ހޯދި ކާމިޔާބީތަކަށް ބަލާއިރު، ނެދަލޭންޑްސް ލީގް އެއް ފަހަރު އަދި ނެދަލޭންޑްސް ކަޕް އެއް ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ.
އުމުރުން 15 އަހަރުން ފެށިގެން ބަރާބަރަށް ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ޑިޕޭ ވަނީ ނެދަލޭންޑްސް ސީނިއާ ޓީމަށް 25 މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ޔުއެފާ ޗެންޕިއަންޝިޕް ނެދަލޭންޑްސްއާ އެކު ކާމިޔާބުކޮށްފަ އެވެ.
ޑިޕޭ މިދިޔަ ސީޒަނުގައި ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ އަށް މި ސީޒަނުގައި އަދި އެޓީމަށް އެންމެ މެޗެއް ވެސް ކުޅެދެވިފައެއް ނުވެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް