ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 13:10
ފޮރެންސިކް ޓީމުން ނޮވިޗޮކްގެ އަސަރު ހުރިތޯ ބަލަން ތަކެތި ގެންދަނީ
ފޮރެންސިކް ޓީމުން ނޮވިޗޮކްގެ އަސަރު ހުރިތޯ ބަލަން ތަކެތި ގެންދަނީ
ރޮއިޓަރސް
އިންގްލޭންޑްގެ ކެމިކަލް ހަމަލާ
ނުރައްކާތެރި ކެމިކަލް ގޭހުގެ އަސަރު ކުރި އަންހެން މީހާ މަރުވެއްޖެ
އަންހެން މީހާއަށް ކެމިކަލްގެ އަސަރު ކުރީ މިދިޔަ ހަފްތާގައި
އަންހެން މީހާ މަރުވީ އާދިއްތަ ދުވަހު
އަންހެން މީޙާއާއެކު ހުރި ފިރިހެން މީހާއަށް އަދިވެސް ފަރުވާ ދެނީ

ރަޝިއާއިން 1980 ވަނަ އަހަރުގައި އުފެއްދި، ދުނިޔެ ދުށް އެންމެ ނުރައްކާތެރި އެއް ކެމިކަލް ހަތިޔާރު ކަމަށްވާ ނޮވިޗޮކްގެ އަސަރު ސައުތް ވެސްޓް އިންގްލޭންޑްގައި ކުރި ދެމީހުންގެ ތެރެއިން އަންހެން މީހާ އާދީއްތަ މަރުވެއްޖެއެވެ.

އެ މީހުނަށް ނޮވިޗޮކްގެ އަސަރު ކުރީ މޭ މަހު ރަޝިއާގެ ކުރީގެ ޖާސޫސަކަށާއި އޭނަގެ ދަރިފުޅަށް ވެސް ނޮވިޗަކްގެ އަސަރު ކުރިތަނުންނެވެ. މޭ މަހުގެ ހާދިސާގައި ރަޝިއާގެ ދެބަފައިންގެ ފުރާނައަށް ނުރައްކާ ވީނަމަވެސް މިހާރު ތިބީ ގަދަވެ ސަލާމަތުންނެވެ.

ޕްރައިމް މިނިސްޓަރ ތެރިސާ މޭ ވަނީ މިދިޔަ ހަފްތާ ބަންދުގައި ދިމާވި ހާދިސާއާ ގުޅިގެން އަންހެން މީހާ މަރުވުމުގެ ހިތާމަ ފާޅުކޮށް، ކަންބޮޑުވުން ފާޅު ކޮށްފައެވެ. ފުލުހުންނާއި ސަލާމަތީ ބާރުތަކުން ދަނީ ވަރަށް ބާރު މިނުގައި އެ ކަން ހިގަން މެދުވެރިވި ސަބަބު ހޯދަމުން ކަމަށް ތެރިސާ މޭ ވިދާޅުވިއެވެ. އަދި މި ހާދިސާ ތަހްގީގު ކުރަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ ތުހުމަތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަލާއެއް ކަމަށް ބެލެވޭ ހާދިސާއާ ގުޅިގެން ތެރިސާ މޭ ވަނީ މަރުވި އަންހެން މީހާގެ އާއިލާއަށާއި ރައްޓެހިންނަށް ހަމްދަރުދީގެ މެސެޖެއް ފޮނުވާފައެވެ. އުމުރުން 45 އަހަރު ސްޓާގަސްގެ ތިން ކުދިން ތިބެއެވެ. އޭނައާއެކު އެ ނުރައްކާތެރި ކެމިކަލްގެ އަސަރު ދެން ކުރީ އުމުރުން 45 އަހަރުގެ ޗާލީ ރޯލީއަށެވެ. އޭނައަށް އޭގެ އަސަރު ކުރީ އަންހެން މީހާގެ ފަރާތުން ކަމަށް ބެލެވެއެވެ.

ނޮވިޗޮކް އެ މީހުންގަޔަށް އަރާފައިވާ ގޮތާއި ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވޭއިރު އަންހެން މީހާ ގަޔަށް އެ ކެމިކަލްގެ އަސަރު ކޮށްފައިވާކަމަށް ބެލެވޭ އެއްގޮތަކީ ސިގިރޭޓް ބުރިއަކުންނެވެ. އެ އަންހެން މީހާ އެ ކެމިކަލް އުގުޅިފައި ހުރި ސިގްރޭޓް ބުރިއެއްގެ އަތްލުމާ ގުޅިގެން އޭނަގަޔަށް އެ ނޮވިޗޮކްގެ އަސަރު ކުރީއެވެ. އަދި ފިރިހެން މީހާއަށް ނޮވިޗޮކްގެ އަސަރު ކުރީ އަންހެން މީހާ ހަމަހޭވެރިކަން ނެތުމާ ގުޅިގެން ސީޕީއާރް ދެނިކޮށް ކަމަށް ބެލެވޭކަމަށް އެ ދެ މީހުނާއި ވަރަށް ގާތް ރައްޓެއްސަކު ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް