ސުޕްރީމް ކޯޓުގެ ހުކުމެއް ތިން މަހަށް ވުރެ ގިނަ ދުވަހު ދެމި އޮންނަނަމަ އެކަމުގައި ރައްޔިތުންނަން ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
"މަ އެދޭ ދައުލަތެއްގައި" ނަމުގައި އާދީއްތަ ދުވަހު ފައްޔާޒުގެ ހިޔާލެއްގެ ގޮތުގައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަސާސީ ޙައްގަކަށް އުނިކަން ލިބޭ ގާނޫނެއް ނުވަތަ ޙައްގެއްގެ މަފުހޫމަކަށް އުނިކަން ލިބޭ ސުޕްރީމް ކޯޓުގެ ހުކުމެއް ތިން މަހަށް ވުރެ ގިނަ ދުވަހަށް ދެމި އޮންނަނަމަ އެކަމުގައި ރައްޔިތުންނަން ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށެވެ.
#MaEdheyDhaulathehgai Rahyithunge Asaasee hahgakah unikameih libey Qanooneih, Qavaaidheh nuvatha hahgehge mafhoomah unikameh libey SCge Hukumeh 3 mahah vure ginadhuvahah dhemiona nama ekamuga rahyithunnah fenna nufenna Vote akah dhaanjeheyne eve.
— Fayyaz Ismail (@faya_i) July 8, 2018
މީގެ އިތުރުން ވެސް "މަ އެދޭ ދައުލަތެއްގައި" ނަމުގައި ފައްޔާޒު ގެންދަވަނީ އެކިކަންކަމުގައި އެނާ ދެކެވަޑައިގަންނަވާ ގޮތް ޓްވީޓު ކުރައްވަމުނެވެ. ފައްޔާޒު ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕްރިޒަންސް އޮތޯރިޓީ އަކީ މިނިވަން މުވައްސަސާއަކަށް ވާންވާނެ ކަމަށެވެ. އަދި އެތަނުގެ ގައިދީންގެ އަސާސީ ޙައްގުތަށް ހިމާޔަތް ކުރުމުގެ ފުރިހަމަ ޒިންމާ އުފުލަންވާނެކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް އެކަން ކަށަވަރުކުރުމަށް ލާޒިމްވާނެކަމަށެވެ.
#MaEdheyDhaulathehgai Prisons Authority akee minivan muahsasaakah vaanvaane eve. Adhi ethanuge gaidheenge Asaasee hahguthah himaayaih kurumuge furihama zinmaa ufulanvaaneve. Human rights commission ge mahchah ithurah ekan kashavaru kurumah laazimu vaanvee
— Fayyaz Ismail (@faya_i) July 8, 2018