ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ކ.ކާށިދޫ، ވައިޓްހައުސް، އުމުރުން 23 އަހަރުގެ މަރްޔަމް މާއިޝާއެވެ.
މަރްޔަމް މާއިޝާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9790163 އަށް ގުޅާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.