ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމުން، ޗާންސެލަރު މަގާމުން އިސްތިއުފާ ދެއްވުމަށް، ގޭބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ގޮވާލައްވައިފިއެވެ.
މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ޖަލަށް ލުމުން ސިޔާސީ ކަންކަމާ ދުރުވަނީ ކަމަށް ވިދާޅުވުމަށް ފަހު، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ގަބޫލުކުރެއްވި ބޭފުޅާ މިއަދު ރައީސް ޔާމީންގެ ވައްކަމާއި އަނިޔާވެރިކަމަށް އެއްބަސްވިއިރު އަދިވެސް ޝެއިޚް އިމްރާން ހުންނެވީ ޖަލުގައި ކަމަށެވެ. އެހެންކަމުން އިސްލާމިކް ޔުނިވާސިޓީ ސިޔާސީ ނުކޮށް މަގާމުގެ ނާޖާއިޒު ފައިދާ ނުންފާ އިސްތިއުފާ ދިނުމަށް ގޮވާލައްވާކަމަށް މަހުލޫފު ވިދާޅުވިއެވެ.
Sheikh Imran Jalah leema, siyaasee kankamaa dhuruvanee kamahvidhaalhuve IUM ge Chancellor kan qaboolukurevvi beyfulhaa miadhu yameen ge vahkamaa,aniyaaverikamah ehbasvi iru,Sheik adhives jaluga. IUM siyaaseenukoh, magaamuge naajaaiz faidhaa nunagaa isthiufaadhinumah govaalan.
— ????? ??????? (@AhmedMahloof) July 8, 2018
މަހުލޫފު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ޝެއިޚް އިމްރާން ޖަލަށް ލުމުން އެމަންޒަރު ބަލަން ކެތްނުކުރެވިގެން ހަތަރު އަހަރުވީއިރު ވެސް އަދި ވެސް ޝަހީމް ކީރިތި ކުރައްވަނީ ކަމަށެވެ. މިއީ ސީދާ މުނާފިގުންކަމަށާއި މަގާމާ ފައިސާއަށްޓަކާ ކޮންމެފަދަ ކަމެއްވެސް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފޭކު ތާކިހާ އަޅައިގެންތިބޭ މީހުންނާއި ދިމާލަށް ބަލާލަންވެސް ހެޔޮނުވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ.
Sheikh Imran jalah lumun, emanzaru balan keiynukurevigen 4 aharuveeiruves adhives Shaheem keerithi kuravvanee.
— ????? ??????? (@AhmedMahloof) July 8, 2018
Miee seedhaa munaafiqun,magaamaa faisaa ahtakaa kommefadha kamehves kuraane.
Mikahala fake dheenee thaakihaa alhaigen thibey meehakaa dhimaalah balaalanves heyonuvaane pic.twitter.com/kUZAMkzfgU
މަހުލޫފު މިގޮތަށް ޓްވީޓު ކުރައްވާފައިވާއިރު ޝަހީމް އަދިވެސް ހުންނެވީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ.
ސިޔާސީ ކަންތައްތަކާއި ދުރަށް ވަޑައިގެންފައިވާކަން ޝަހީމް އިއުލާންކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވުމަށް ފަހުގައެވެ. އެއަށްފަހު އޭނާ ވަނީ އަދާލަތު ޕާޓީންވެސް ވަކިވެ ވަޑައިގަންނަވާފައެވެ. އޭގެ ފަހުން ސިޔާސީ ޕާޓީއަކަށް ޝަހީމް ސޮއި ކުރައްވާފައެއް ނުވެއެވެ.