އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)އަށް ރައްޔިތުންގެ ތާއީދު އޮތްކަމީ އިންކާރު ނުކުރެވޭނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިބޫއަށް ތާއިދު ހޯދުމުގެ ގޮތުން މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމުގެ ހަރަކާތްތަކުގައި ނަގާފައިވާ ފޮޓޯތަކާއެކު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތާއީދު އޮތުމަކީ ދެކޮޅު ނުވެވޭނެ ހަގީގަތެއް ކަމަށެވެ.
MDP ge adhi Gulhifaivaa Party thakuge Riyaasee Candidate Hon. Ibrahim Mohamed Solih ah Raajjege hurihaa kankolhehge rayyithunge thaaidhu oiy kamee inkaaru nukureveyne hageegatheh pic.twitter.com/Nj1rLqVhTD
— Mohamed Nasheed (@MohamedNasheed) July 8, 2018
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބޫއާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އިބޫ ރަގަޅު މަސައްކަތްޕުޅެއް ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ގުޅިފައވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވާނީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރެއްވުމަށް ކަމަށާއި އިންތިހާބު ކާމިޔާބު ކޮށްދެއްވުމުގައި އިބޫއަށް ހުރިހާ ފަރާތްތަކުން އެހީތެރިވެ ދެއްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ތާއިދު ހޯދުމުގެ ގޮތުން ހޮނިހިރު ދުވަހު ފެށި ދޮރުން ދޮރަށް ކެމްޕެއިންގައި އިބޫ ވަނީ މާލޭގެ ގިނަ ގެތަކަކަށް ޒިޔާރަތްކުރައްވައިފަ އެވެ.