"އަލްފަތުވާ ވަސީލަތުއްލިނަޝްރިއްސަލާމް" ގެ ނަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށައިފިއެވެ.
އެއް ދުވަހަށް ކުރިއަށް ގެންދާ މިކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން ހަތަރު ޤައުމަކުން ބައިވެރިވެވެއެވެ. އެ ޤައުމުތަކުގެ ތެރޭގައި މިޞްރު، ސޫދާން، ޖޯޑަން، އަދި މެލޭޝިއާ ހިމެނެއެވެ.
މި ކޮންފަރެންސްގައި ދެ ހަރަމްފުޅު ހުރި އަދި ރައީސް ޔާމީނާ ގާތްގުޅުމެއް އޮތް ސައުދީ އަރަބިއްޔާއިން ބައިވެރިއެއް ނުވެ އެވެ.
މި ކޮންފަރެންސްގެ މަގުސަދަކީ ފަތުވާގެ ޒަރިއްޔާ އިން އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ބަދަހިކުރުމާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ފަތުވާގެ ދައުރު ފުޅާކުރެވޭނެ ގޮތްތައް ދެނެގަތުމާއި، އިސްލާމީ ބޮޑެތި ޤައުމުތަކުގެ ފަތުވާދޭ އެންމެ މަތީ މަޖިލިސްތަކާ ގުޅުން ބަދަހިކުރުމާއި، އަދި މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ އިސްނެގުމާއި އެއްބާރުލުމުގެ ރޫހު ހާމަކޮށްދިނުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.