ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މ. އާސްތާނާ އަބްދުއްޝަކޫރު އަލީ އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 79 އަހަރުގައި އަބްދުއްޝަކޫރު މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަބްދުޝަކޫރުގެ ކަށުނަމާދު އަސުރު ނަމާދަށް ފަހު ބޭއްވުމަށް ނިންމަވާފައިވާއިރު، މޫނު ދެއްކުން މެންދުރު 1:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.
އަބްދުއްޝަކޫރު އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވާފައިވަނީ ދިވެހި ސަރުކާރުގެ ބޮޑު އިސްޓޯރު އަތިރީ މާފަންނުގޭ ވިޔަފާރި މެނޭޖަރުގެ މަގާމުގައެވެ. އެއަށްފަހު ރައީސް އޮފީހުގައިވެސް އެމަނިކުފާނުވަނީ މަސައްކަތް ކުރައްވާފަ އެވެ.އެގޮތުން 43 އަހަރު ސަރުކާރަށް ވަނީ ހިދުމަތް ކުރައްވާފައެވެ.
މީގެ އިތުރުން ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ޚިދުމަތުގެ ޤައުމީ އިނާމު ވަނީ ހޯއްދަވާފައެވެ. އެގޮތުން 50 އަށް ވުރެ ގިނަ ފޮތް ވަނީ ދިވެހި ބަހަށް ތަރުޖަމާކުރައްވާފައެވެ. މީގެ އިތުރުންވެސް އެތައް އަމިއްލަ ވާހަކައާއި މަޒްމޫން ވަނީ ލިޔުއްވާ ޝާއިއުކުރައްވާފައެވެ.
އަބްދުއްޝަކޫރުގެ ބައެއް ބޭފުޅުންނަކީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނެވެ. އަދި މިހާރު ވެސް ބައެއް ބޭފުޅުން އިސް މަގާމުތައް ގެންދަވަނީ އަދާކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ދަރިކަނބަލުން އައިޝަތު އާޒިމާ ޝަކޫރަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލްއެފެއާޒް މިނިސްޓަރެވެ.