ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި އެއާ އޭޝިޔާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑުން ގަތަރު އެއާވޭސްގެ ބޯޓެއްގައި ޖެހި ހިނގި އެކްސިޑެންޓް ތަހުގީގު ކުރަންފަށައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އޮފިޝަލަކު ވިދާޅުވީ އެއާއޭޝިއާގެ މަތިންދާ ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެއާ އޭޝިއާގެ މަތިންދާ ބޯޓުގެ ފިޔަގަނޑުން ގަތަރު އެއާވޭސްގެ ބޯޓުގައި ޖެހިފައިވަނީ ބޯޓު ޓެކްސީ ކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެހާދިސާ ރިޕޯޓު ކުރުމާއި ގުޅިގެން އެމައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާ އޭޝިއާގެ މަތިންދާ ބޯޓުގެ ފިޔަގަނޑުން ގަތަރު އެއާވޭސްގެ ބޯޓުގައި ޖެހިފައިވަނީ ގަތަރު އެއާވޭސްގެ މަތިންދާ ބޯޓު ޕާކުކޮށްފައި އޮއްވައެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، އެހެން އެއްވެސް ފްލައިޓަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.