ލ. ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ.
އެ މަސައްކަތް ފައްޓަވާދެއްވީ ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓަރު ޑރ މުޙައްމަދު މުއިއްޒުއެވެ.
ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާ މިމަޝްރޫއުގެ ދަށުން ފުނަދޫގައި ޖުމްލަ 3.3 ކިލޯމީޓަރުގެ ދިގުމިނުގެ 10 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަގުތައް ހެދިގެންދާނީ ދުވާރު ހިމަނައިގެން ފެންހިންދާ ނިޒާމް ވެސް ގާއިމް ކުރުމާ އެކުގައެވެ. މީގެ އިތުރަށް ކޭބަލް ޖަންކްޝަނާއި މުސްތަގުބަލުގައި ކޭބަލް އަޅަން ބޭނުންވެއްޖެ ހާލަތެއްގައި ކޭބަލް އެޅޭނެ ގޮތަށް ހޮޅި އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފުނަދޫ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 13 ސެޕްޓެންބަރު 2015 ގައި 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ކަނޑައެޅި ތާރީހަށް މިމަސައްކަތް ވަނީ ނިންމާ ނުލެވިފައެވެ.
މިމަޝްރޫއަށް 45.6 މިލިއަން ރުފިޔާ ސަރުކާރުން ބަޖެޓުން ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.
