ޕީޕީއެމްގެ ޓިކެޓުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ ގެނައުމަށް ޕީޕީއެމުން ކެމްޕެއިން ފަށައިފިއެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކަށް ފާތުމަތު އިބްރާހިމް ދީދީ ގެނައުމަށް އެކަމަނާއަށް ތާއިދުކޮށް ކޮށްފައިވާ ޓްވީޓެއް ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޔާމީން ރަޝީދް ވަނީ ރީޓްވީޓް ކުރައްވާފައެވެ.
I support #Madam4VP pic.twitter.com/9uJ9Z8Ex0X
— RaeesYameen2018 (@18RaeesYameen) July 6, 2018
މެމްބަރު ޔާމީންގެ އިތުރުން ޕީޕީއެމްގެ ބައެއް އެކްޓްވިސްޓުންވެސް ގެންދަވަނީ ފާތުމަތު އިބްރާހިމް ދީދީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ގެންނެވުމަށް ތާއިދުކުރައްވާ ޓްވީޓް ކުރައްވަމުންނެވެ.
މިކަމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ގެންނަން އެންމެ ޙައްގު ބޭފުޅަކީ އެމަނިކުފާންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ދީދީ ކަމަށެވެ. އެކަން ކުރުމަށް މެމްބަރު ޔާމީންގެ ހިޔާލަށް ތާއިދުކުރައްވާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
Dictator Yameen ge running mate kan emme haqqu beyfulhakee Fathumathi Didi. MP @YaminRasheed ah thaaeedhu. pic.twitter.com/jgAeSGTOD9
— ????? ??????? (@AhmedMahloof) July 6, 2018